ބޮލީވުޑްގެ ބަަތަލާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ އަލަތު ދަރިފުޅަށް ނަން ކިޔާފިއެވެ.
3 މީހުން ފުރަގަހުން ނަގާފައިވާ ފޮޓޯ އަކާއި އެކު އާލިއާ ދަރިފުޅުގެ ނަން އާއްމުން އާއި ހިއްސާ ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ބާސާ ޖޯޒީ އެއްގައި ”ރަހާ“ ޖެހުމަށް ފަހުގައި އާލިއާ ވަނީ އެނަމުގެ މާނަ ވެސް އާއްމުން އަށް ފެންނަ ގޮތަށް ކެޕްޝަންގައި ލިޔެފައެވެ.
މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ރަހާ މިނަން ކިޔާފައިވަނީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު އާއި ގުޅުވައިގެން އޭނާގެ ހަނދާނުގައި ކަމަށެވެ.
މިއަހަރު އޭޕްރީލް މަހުގައި ކައިވެނި ކުރި މިފަންނާނުންއަށް އަލަތު ކުއްޖެއް ލިބިފައިވަނީ ނޮވެމްބަރު މަހުގައެވެ. އަލަތު ދަރިފުޅާއި އެކު މި ދެ ފަންނާނުން ވަނީ މަސައްކަތުން ކުޑަ ބްރޭކެއް ނަގާފައެވެ.