ބޮލީވުޑްގެ އެކްޓަރު ވިކްރަމް ގޯކްލޭ މަރުވެއްޖެ ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ޙަބަރެއް ކަމަށް އޭނާގެ އަންހެން ދަރިފުޅު ހާމަކޮށްފިއެވެ.
އޭނާ ހާމަކޮށްފައިވާ ގޮތުގައި ވިކްރަމް އަދި މަރުނުވާ ކަމަށާއި ނަމަވެސް އޭނާގެ ސިއްޙީ ހާލަތު ވަރަށް ސީރިއަސް ކަމަށެވެ. އެގޮތުން އޭނާ އޮތީ ލައިފް ސަޕޯޓް ސިސްޓަމެއްގައި ކަމަށެވެ.
ވިކްރަމް ފަރުވާ ހޯދަމުން ގެންދާ ދީނާންތު މަންގޭޝްކަރް ހޮސްޕިޓަލްގެ ޑޮކްޓަރު ދަނަންޖޭ ކެލްކަރް ވެސް ވަނީ މިވާހަކަ ދޮގު ކޮށްފައެވެ. އަދި ޑޮކްޓާވެސް ވަނީ އޭނާގެ ހާލު ސީރިއަސް ކަމަށާއި ސިއްހީ ހާލަތާއި ބެހޭގޮތުން މި ވަގުތު އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
އުމުރުން 26 އަހަރުގައި އަމީތާބް ބައްޗަން ލީޑް ރޯލް ކުޅުނު ”ޕަރްވާނާ“ އިން އޭނާ ފިލްމީ ދާއިރާއަށް ނުކުތީ 1971 ވަނަ އަހަރު އެވެ.