މ.ނިރުފެހިގޭ ތިރީގައި ހުންނަ ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ދެނެގަނެވިއްޖެއެވެ.
މ.ނިރުފެހިގޭ ތިރީގައި ހުންނަ ގަރާޖުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގީ ބުދަ ދުވަހުގެރޭ މެންދަމު 12:30 ގައެވެ. އެ ހާދިސާގައި 10 މީހަކު މަރުވިއެވެ.
ފުލުހުން ބުނީ މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި ހަ ފިރިހެނުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެއް ކަމަށާއި އަދި އިންޑިއާގެ ހަތަރު ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.
ކާކުކަން ދެނެގަނެވިފައި ނުވަނީ ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ.