ޝޯސަލް މީޑިއާ އަކީ އޭގެ ސަބަބުން އެތައް އާއިލާއެއް ރޫޅި އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ ހަތިޔާރެކެވެ.
މިފަހުން އަވަށްޓެރި އިންޑިއާގެ ތަމިލް ނަޑޫގައި ފިރިމީހާ އޭނާގެ އަނބިމީހާ މާގިނައިން އިންސްޓަރގްރާމް ރީލް އަށް ވީޑިއޯ ލަމުންދާތީ އަނިޔާކޮށް ވަނީ މަރާލައިފައެވެ.
އެގައުމުގެ މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި އަބަދު އިންސްޓަރ ގްރާމް އާއި އެނޫންވެސް ޝޯސަލް މީޑިއާ ތަކަށް އަނބި މީހާ ވަންނަމުންދާތީ އެކަމާއި ނުރުހުންވެ ފިރިމީހާ އަނިޔާކޮށް ހަދާ މަންޒަރު ކައިރި އަވަށްޓެރިންއަށް ފެނިފައިވާ ކަމަށެވެ.
މި އަންހެން މީހާ އަކީ ފިލްމު ކުޅުމާއި މޮޑެލް ކުރުން ފަދަ ކަންތައް ކުރަން ބޭނުންވާ މީހެއް ކަމަށާއި ނަމަވެސް ފިރިމީހާ ވަނީ މި އަންހެން މީހާއަށް މިފަދަ ކަންތައް ކުރުން މަަނާ ކޮށްފައި ކަމަށް ވެސް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.