ބޮލީވުޑްގެ ބަތަލާ މަލައިކާ އަރޯރާ އެންގޭޖްވެފައި ވާކަމުގެ އިޝާރާތެއް އޭނާ ކޮށްފިއެވެ.
މިއަދުގެ ވަގުތެއްގައި އޭނާގެ އަމިއްލަ އިންސްޓަރގްރާމް އެކައުންޓްގައި ވަނީ އޭނާގެ ފޮޓޯ އަކާއި އެކު އޭނާ އާނ އެކޭ ބުނެފިކަމަށް ކެޕްޝަންގައި ހާމަކޮށްފައެވެ.
މިއާއި އެކު ގިނަ އަދަދެއްގެ ސަޕޯޓަރުންއެއް ދަނީ މަލައިކާ އަށް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަރްޖޫން ކަޕޫރު އޭނާއަށް ކައިވެންޏަށް ހުށައެޅީ ކަމަށް ބުނަމުންނެވެ. އެގޮތުން ކައިވެނީގެ ގޮތުން ގުޅުމަށް މަލައިކާ އެ ވަނީ އެއްބަސް ވެފައި ކަމަށް އާއްމުން ދަނީ ހާމަކުރަމުންނެވެ.
ނަމަވެސް ރަސްމީކޮށް އޭނާ އާނ އެކޭ ބުނި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ. މީގެ އެއް މަސް ކުރިން ވެސް މި ދެ ފަންނާނުން ކައިވެނި ކުރަން އަދި ބޭނުން ނުވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.