ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓްއަށް މި އަހަރަކީ ވަރަށް ވެސް ހާއްސަ އަހަރެކެވެ.
އެގޮތުން މިއަހަރުގައި އެންމެ ގިނައިން ހަބަރު ތަކުގެ ފަލަ ސުރުހީން ވެސް ޖާގަ ހޯދާފައިވާ ފަންނާނަކީ ވެސް އާލިއާ އެވެ.
އޭނާގެ ދަރިފުޅު އުފަންވި ވާހަކަ އާއި އެކު އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާއަށް ދަރިއަކު ލިބުން ވާހަކައިގެ ހަބަރު ތަކަކީ މިހާތަނަށް އޭނާގެ ހަޔާތުގައި އޭނާ އެންމެ އުފާވި ހަބަރު ތައް ކަމަށެވެ. އަދި އޭނާއަށް މަރުޙަބާ ކިޔަމުންދިޔަ އެންމެންއަށް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.
ވިހެއުމށް ފަހުގައި އާލިއާ ވަނީ ދަރިފުޅާއި އެކު އަނބުރާ ގެއަށް ގޮސްފައެވެ. މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި ކުޑަ ދުވަސްކޮޅެއްގެ ބްރޭކަކަށް ފަހު އާލިއާ ވަނީ އެނބުރި މަސައްކަތަށް ނުކުންނަން ހަމަޖެހިފައި ކަމަށެވެ.