މާލޭ ގެއެއްގައި އަލިފާން ރޯވެ އަނދަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މާލޭ ކަރަންކާގެ ކުރިމަތީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
ރިޕޯޓް ލިބުނީ 21:23 ގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ގޭގައި ރޯވި އަލިފާން 21:42 ގައި ނިއްވާލެވިފައިވާ ކަމަށެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި ރޯވީ ހ.ސާޒް ނަމަކަށް ކިޔާ ގެއެއްގައި ހުރި ކުނިތަކެއްގައެވެ. މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިރޭ ވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު ރޭ ހިނގި ހާދިސާގައި މިހާތަނަށް 10 މީހަކު ނިޔާވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މައުލޫމާތު އާންމު ކުރަށްވާފައެވެ.