ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ މީހުންގެ އާއިލާތަކަށް ޤާސިމް އިބްރާހިމް ތައުޒިޔާ ފޮނުއްވައިފިއެވެ.
މަލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި ބިދޭސީ 10 މީހަކު ނިޔާވެފައިވާ ވާހަކަ އެހީ ފުން ހިތާމައާއި އެކުގައިކަމަށާއި މި ނުރައްކާތެރި ހާދިސާގައި ނިޔާވެފައިވާ މީހުންގެ އާއިލާތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވަނީ ތައުޒިޔާ ދަންނަވާ ޓްވީޓެއް ކުރައްވާފައެވެ.
ރޭ 12:30ގައި މ.ނިރުފެހިގޭގައި އަލިފާން ރޯވެ މިހާތަނަށް 10 ބިދޭސިއަކު ވަނީ ނިޔާވެފައެވެ.