އަލިފާނުގެ ހާދިސާ ހިނގާފައިވާ މ.ނިރުފެހިގެ ހިމެނޭ ސަރަޙައްދުތަކުގެ ކަރަންޓްގެ މައްސަލަތައް ހުރި ގޮތް ބެލުމަށް ސްޓޭލްކޯގެ އެމް.ޑީ އެދަރަހައްދަށް ޒިޔާރަތްކުރައްވައިފިއެވެ.
އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވި މ.ނިރުފެހިގެއަށް ލިބިފައި ހުރި ގެއްލުންތައް ބައްލަވާލައްވައި، އެގެއާއި އިންވެގެން ހުރި ދެ ގެއެއްގެ ކަރަންޓުގެ މައްސަލަ އެ ކުންފުނީގެ ސީ.އެސް.އާރްގެ ދަށުން ހައްލުކުރެވުމުން އަންނަ މަސައްކަތްތައްވެސް ބައްލަވާލައްވާފައިވެއެވެ.
ރޭ ދަންވަރު 12:30 ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީއަކު ވަނީ ނިޔާވެފައެވެ.