18 ކެމިކަލް ގުދަން ބަދަލު ނުކުރެވި މާލެގައި ހުރި ކަމަށް އެ މަސައްކަތް ކުރަމުންދާ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފައިވާކަމަށް ބައެއް މީޑިޔާތަކުގައި ޚަބަރު ފަތުރަމުންދާ ދިއުމާއި ގުޅިގެން އެއީ ސައްޚަ މަޢުލޫމާތެއް ނޫންކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިވަގުތު ތިލަފުށީގައި 34 ކެމިކަލް ވެއާރ ހައުސްއެއް ޤާއިމް ކުރެވިފައިވާ ވާހަކައާއި އަދި އިތުރު 18 ވެއާރ ހައުސް އެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމުގައި ވާނީ މަޢުލޫމާތުދެވިފައިކަމަށް އެޗް.ޑީ.ސީން ހާމަކޮށްފައިވެއެވެ.
އެއްވެސް ހާލެއްގައި އަލަށް ހަދަމުން އަންނަ 18 ވެއާރ ހައުސްތަކަކީ މިވަގުތު މާލޭގައި ހުރި ތަންތަން ބަދަލު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައު މަޢުލޫމާތު ދީފައި ނުވާ ކަމުގައިވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ވިމާ މިފަދަ ހައްސާސް ދަނޑިވަޅެއްގައި އާންމުންގެ މެދުގައި ބިރުވެރިކަން އެފެދޭ ގޮތަށާއި ޒިންމާދާރުކަން ކުޑް ގޮތަކަށް ޚަބަރު ފަތުރާ ފަރާތްތަކުން ޚަބަރުތައް ގެނެސްދިނުމަކީ ހިތާމަ ކުރާ ކަމެއްކަމުގައި ބުނެފައިވެއެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، ވެރިކަމުގެ ކުރީ ކޮޅުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ނިންމި ކަމަށެވެ.
ނަމަވެސް އޭގެ ފަހުން ހަތަރު އަހަރު ވޭތުވިއިރުވެސް އަދި ވެސް އެކަންކަން ބަދަލުނުވެ އަނެއްކާ މިވަނީ ބޮޑު ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ.
އެންވޭރު ސަހަރާގެ އިރުމަތީ މަގުގާ ފައިބަރު ގުދަނެއް ގާމުވެސް އެބަހުރި