ރޭ އަލިފާނުގެ ހާދިސާ ހިނގާފައިވާ މ.ނީރުފެހި ގެ ހިމެނޭ ސަރަހައްދުގައި ހުރި އިތުރު މަގުތަކަކަށް އެއްގަމު އުޅަނޑު ވެއްދުން ފުލުހުން މަނާ ކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވާ ސަރަހައްދާއި އެ ތަނުގެ ކައިރީގައިވާ އެހެން މަގިތަކަށް އެއްގަމު އުޅަނދު ވެއްދުން މަނާކޮށްފައިވަނީ އެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގައި ހާދިސާ އާއި ގުޅުން ހުރި ކަމާއި ބެހޭ އިދާރާތަކުން ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައިކަމަށް ބުނެފައިވެއެވެ.
އެ ސަރަހައްދުގައި އެއްގަމު އުޅަނދަށް ނުވަދެވޭނެ ސަރަހައްދުތައް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދުތައް ވަނުން މަނާ ސަރަހައްދުތަކާއި އެއްގަމު އުޅަނދުތައް ވަނުން މަނާ ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފައެވެ.
ވީމާ މިކަންތައްތަކަށް އާންމު ރައްޔިތުން އެއްބާރުލުންދީ ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.