ށ. ބިލެތްފަހި ފެރީ ޓާރމިނަލް ހެދުމުގެ މަސައްކަތް ނިމިއްޖެއެވެ.
އެމްޓީސީސީން މިއަދު ބުނީ ބިލެތްފަހި ފެރީ ޓާމިނަލްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިއީ ”ރާއްޖެ ޓްރާންސްޕޯޓް ލިންކް“ ފެރީ ނިޒާމުގެ ޒޯން 1 ގައި ހިމެނޭ މަޝްރޫއެކެވެ.
މި ފެރީ ޓާރމިނަލްގައި ހިމެނޭ އިތުރު ހިދުމަތް ތަކުގެ ތެރޭގައި، ޓަކް ފިހާރަ، ކޮމާރޝަލް ސަރަޙައްދު، ޕޭރަންޓް ރޫމް، ލަގެޖް ބަހައްޓާ ތަން، ޔުނިވަރސަލް ޓޮއިލެޓެއް ހިމެނެއެވެ.
އާރްޓީއެލް ފެރީ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަސައްކަތަކީ ސަރުކާރުގެ ވައުދެކެވެ.