ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާ ޖަލްސާ މާދަމާ ރެއަށް ފަސްކޮށްފިއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހާމަކޮށްފައިވާ ގޮތުގައި، ރޭ މާލޭގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާއި ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާ މާދަމާ ރެޔަށް ފަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާކަމަށް ހާމަކޮށްފައިވެއެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް ދަޢުވަތު އެރުވިފައިވާ އެންމެހާ ބޭފުޅުން މާދަމާ ރޭ އެވަގުތަށް ޖަލްސާއަށް ހާޒިރުވުމަށްވެސް އަންގަވާފައިވެއެވެ.
ރޭ މާލޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި އެންމެ ގިނަ މީހުން މަރުވި އަލިފާނުގެ ހާދިސާ އެވެ. މިހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ ބަންގަލަދޭޝް އާއި އިންޑިއާ މީހުންނެވެ.