ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަޚައްދަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަޑައިގެންފިއެވެ.
ރައީސް ޞާލިޙްގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސް މާރިޔާވެސް އެސަރަޙައްދަށް ވަޑައިގެންފައިވެއެވެ. ރައިސް ޞާލިޙް ވަނީ އެ ސަރަޚައްދަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކޮށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.
ރައިސް ޞަލިޙް ވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަޚައްދަށް ވަޑައިގެން އެ ސަރަޚައްދު ބައްލަވާލައްވާ އެސަރަޚައްދުގައި ހަރަކާތްތެރިވާ ސަލާމަތީ ޙިދުމަތް ފޯރުކޮށްދެމުން އަންނަ ފަރާތްތަކާއި ވެސް ބައްދަލުކުރައްވާފައެވެ.
ނުސްވެރިންނާއި ބައްދަލް ކުރައްވާ މިފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް ގަރާޖްތައް ފަދަ ތަންތަން އާންމުން ދިރިއުޅޭ ހިސާބުތަކާއި ދުރުގައި އިމާރާތްކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް ޞާލިޙް ވަނީ ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ މި ހާދިސާގައި މަރުވެފައިވާ މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.