ގދ. ފަރެސްމާތޮޑާ އެއާޕޯޓް ކޯޒްވޭގެ މަސައްކަތް ފަށުމަށް ތައްޔާރު ވެއްޖެއެވެ.
އެމްޓީސީސީން ބުނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ކޯޒްވޭ ހެދުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ސްޕަން ޕައިލްތަށް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.
އަދު މިހާރު ސައިޓުގައި ކުރިއަށްދަނީ ބްރިޖް މަސައްކަތަށް ބޭނުންވާ ޝަޓަރިންގ އާއި ބާ ބެންޑިންގގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 9780 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 120 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 110 މީޓަރުގެ ބްރިޖެއް އެޅުމާއި، 332 މީޓަރުގެ އެޕްރޯޗް ރޯޑެއް ހެދުމާއި، ޕޭވިން މަސައްކަތް ކުރުމާއި، މަގުމަތީ ނިޝާނާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
ގދ. ފަރެސްމާތޮޑާ އެއަރޕޯޓްގެ މަޝްރޫއަކީ 44.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.