މާލޭގެ އިމާރާތެއްގައި ހުރި ގޭސް ފުޅިއަކުން ގޭސް ލީކް ވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމް.އެން.ޑީ.އެފް އިން ބުނީ ރިޕޯޓް ލިބިފައިވަނީ ހ. ގްލަސިއާގޭގައި ހުރި ގޭސް ފުޅިއަކުން ގޭސް ލީކްވާ ކަމުގެ މައުލޫމާތު ކަމަށެވެ.
ގޭސް ލީކުވި ނަމަވެސް އަލިފާންގެ ހާދިސާއެއް ހިނގުމުގެ ނުރައްކަލެއް އޮތް ކަމަކަށް އެމްޑީއެފް އިން ނުބުނެ އެވެ.
ގޭސް ލީކްވާ ކަމަށް ބުނާ ގެއެއްގެ ކައިރީގައި ސިފައިން ހަރަކާތްތެރިވާން ފަށާފައި މިވަނީ މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މިހާތަނަށް 10 މީހަކު މަރުވެފައި ވަނިކޮށެވެ.
މާލޭގައި ނުރައްކާތެރި ކެމިކަލާއި ގޭސް ފަދަ ފަސޭހައިން ހުޅުހިފާ ތަކެތި ރަށު ތެރޭގައި ނުގެންގުޅުމަށް ކަމާ ގުޅޭ އިދާރާތަކުން އިލްތިމާސް ކުރަމުން ދިޔަ ނަމަވެސް މިކަމަށް އެހާ ބޮޑު ސަމާލުކަމެއް ދޭ ތަނެއް ނުފެނެ އެވެ. އަދި އިދާރާތަކުން ވެސް މިފަދަ ތަކެތި ގެންގުޅޭ ތަންތަނުގެ ހާލަތު އެކަށީގެންވާ ގޮތަކަށް ބަލަމުންދާ ކަމަކަށް ފާހަގައެއް ނުކުރެވެ އެވެ.