މެޓައިން 11،000 މުވައްޒަފުން ވަކުރާއިރު. މިއީ މެޓަގެ 18 އަހަރުވީ ދިގު ތާރީހުގައިވެސް މިވަރަށް މުވައްޒަފުން ވަކި ކުރެވޭ ފުރަތަމަ ފަހަރުކަމަށް އެ ކުންފުނިން ބުނެފިއެވެ.
މެޓަ ޕްލެޓްފޯމްސް އިންކް އިން ހިންގާ ފޭސްބުކާއި އިންސްޓަގްރާމާއި ވަޓްސްއެޕްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 13 ޕަސެންޓް މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ. މި ގެންނަ ބަދަލާ އެކީ މެޓަގައި މަސައްކަތްކުރާ 87،000 މުވައްޒަފުންގެ ތެރެއިން 11،000 މުވައްޒަފުން ވަޒީފާ ގެއްލިގެން ދާނެކަމަށް ހާމަކޮށްފައިވެއެވެ.
ޒަކަބާގް ވިދާޅުވީ މިއީ ކުންފުނީގެ ތާރީހުގައި ވެސް ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށާއި އެކަމަކު މުވައްޒަފުން މަދުކުރުމަކީ މިހާރު ކޮންމެހެން ކުރަން މަޖުބޫރުވެފައިވާ ކަމެއް ކަމަށެވެ.
ޒަކަބާގް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ވަބާގެ ތެރޭގައި ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް އޭގެ ފަހުން ވަނީ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން ވިޔަފާރީގެ ވާދަވެރިކަން އިތުރުވުމާއި ”މެކްރޯއިކޮނޮމިކް ޑައުންޓާން“ އާ ހެދި ކުރިން ލަފާކުރި ގޮތާ ހިލާފަށް ފައިދާ އިތުރު ނުވާ ކަމަށް ވިދާޅުވި އެވެ.
ދާދި ފަހުން އިލޯން މަސްކް ވެސް ވަނީ ޓްވިޓާ ބައްލަވައިގަނެ އެތަނުގެ 7500 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ.