ހޮނިހިރު, އޭޕްރިލް 1, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އިންޑިއާގެ އިންސާނީ ހައްގުތަކުގެ ރެކޯޑް ގޯހުން ގޯހަށް

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ނޮވެމްބަރ 10, 2022
ރިޕޯޓް, ދުނިޔެ
0
އިންޑިއާގެ އިންސާނީ ހައްގުތަކުގެ ރެކޯޑް ގޯހުން ގޯހަށް

އިންޑިއާ ސަރުކާރުން ބައިމަދު ޖަމާޢަތްތަކުގެ މީސްމީހުންގެ ހައްގުތަކަށް އަރައިގަތުމާއެކު، އެ މީހުންންނަށް ވަރަށް ބޮޑަށް އަނިޔާ ކޮށް އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ކުރަމުންދާކަން ހާމަވެއްޖެއެވެ.

 އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ގައުމަގައި އުޅޭ ބައިމަދު، އާރެއް ބާރެއް ނެތް ނިކަމެތި ރައްޔިތުންނަށް އިންޑިއާ ސަރުކާރުންގެ އެކިއެކި އިދާރާތަކުން ކުރާ އަނިޔާތައް ހާމަކޮށްފައިވެއެވެ.

ހިއުމަން ރައިޓްސް ކައުންސިލުން ތައްޔާރުކުރާ ރިޕޯޓަކީ  ކައުންސިލުގެ މެމްބަރު ގައުމުތަކުގައި އިންސާނީ ހައްގުތަކުގެ ހާލަތު ހުރިނެތްގޮތް ބަލައިގެން ތައްޔާރު ކުރާ ފުރިހަމަ ރިޕޯޓެކެވެ. އެ ރިޕޯޓުގައި އިންޑިއާގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ޚިލާފު ޢަމަލުތައް ބަޔާންކޮށްފައިވާއިރު،  އޭގެ ތެރޭގައި ދީނީ ހަރުކަށި ސިޔާސަތުތަކާއި އަންހެނުންނާއި ބައިމަދު ޖަމާޢަތްތަކަށް ކުރާ އަނިޔާތަކުގެ މައުލޫމާތު ހިމަނާފައި ވެއެވެ.

އިންޑިއާގެ މުސްލިމުންނާކީ އަބަދުވެސް ސަރުކާރުގެ އެކި އިދާރާތަކުގެ އިތުރަށް ހަރުކަށި ހިންދޫންގެ އަނިޔާވެރިކަން އަމާޒުވެފައިވާ ބައެކެވެ. ނަމަވެސް އ.ދ ގެ މި އަހަރުގެ ރިޕޯޓުގައި ސިކުންނަށާއި ނިކަމެތި ފަގީރުންނަށާއި ބައިމަދު ނަސާރާއިންނަށް ވެސް އަނިޔާ ލިބެމުންދާކަން ފާހަގަކޮށްފައި ވެއެވެ. އަދި ހައިރާންވާންޖެހޭ ކަމަކީ އިންޑިއާގައި ބީޖޭޕީ އާއި ހައްދުފަހަނަޅާފައިވާ އާރުއެސްއެސްއަށް ތަބާވާ މީހުން ފިޔަވައި ބާކީ ތިބި ހިންދޫން ވެސް ރައްކާތެރިކަމެއް ނެތް ކަމުގެ އިހުސާސް ކުރަމުންދާކަމެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން 5 އޮގަސްޓު 2019ގައި ކަޝްމީރުގެ މައްޗަށް ވެރިވެގަތް ފަހުން އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިފަދަ ރިޕޯޓެއް މީގެ ކުރީން ތައްޔާރުކޮށްފައެއް ނުވެއެވެ.

ކަޝްމީރުގެ އަންހެނުންތަކެއް: އަނިޔާއާ ދެކޮޅަށް އަޑު އުފުލަނީ

ހިފާފައިވާ ކަޝްމީރުގައި މޯދީގެ ސަރުކާރުން ކޮންމެ ދުވަހަކު ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު ބޮޑެތި އަނިޔާތަކުގެ ސަބަބުން އެތައް ބަޔަކު ޝަހީދުވެގެންދެއެވެ. ކުޑަކުދިންނާއި އަންހެނުންގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން ބޮޑެތި އަނިޔާތައް ލިބެމުންދެއެވެ. އަދި ސަރުކާރުގެ ސިފައިންގެ ވެހިކަލުތަކުގައި ކަޝްމީރުގެ މީހުން ބަނދެ ދަމާފައި އިންސާނީ އައްޑަނައިގެ ގޮތުގައި ބޭނުން ކުރުމަކީ ވެސް އާންމު ކަމެކެވެ.

ރައްޔިތުން އިސްލާހު ކުރުމުގެ ނަމުގައި ހަދާފައިވާ ގާނޫނުގެ ސަބަބުން އިންޑިއާގައި ހިންދޫން ހިމެނޭ ގޮތަށް ބައިމަދު މީސްމީހުނާއި ހިޖުރަވެރި ރައްޔިތުންގެ ހައްގުތައް ވަނީ ފުނޑާލެވިފައެވެ. އެހެންވެ ކަޝްމީރުގެ މީހުން ކަޝްމީރުގައި އުޅެމުން ދަނީ ވަރަށް ބިރުވެރި ހާލަތެއްގައެވެ. އިންޑިއާގެ ފުލުހުންނާއި ސިފައިންގެ އަނިޔާވެރިކަން ވަނީ ހައްދުފަހަނަޅާފައެވެ.

އ.ދއިން ތައްޔާރުކުރި ރިޕޯޓުގައި އިންޑިއާގެ ފުލުހުންނާއި ސިފައިން އެއްވެސް ކުށެއް ނެތް މައުސޫމް މީހުން ދޮގު ތުހުމަތުގައި މަރަމުންދާކަން ވެސް ބަޔާންކޮށްފައި ވެއެވެ. އަދި މުސްލިމުންނާއި ބައިމަދު އެހެން ޖަމާއަތްތަކުގެ މީހުން ބަނދެ އެމީހުންނަށް އަނިޔާ ކުރުމަކީ އާންމުކަމެއްކަން ވެސް ހާމަކޮށްފައިވެއެވެ.

އަންހެނުންގެ ހައްގުތަކުގެ ދާއިރާގައި އިންޑިއާ ވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައެވެ. ޓެމިލްނާޑޫ ފަދަ ސްޓޭޓުތަކުގައި އަންހެނުންނާ ދެކޮޅަށް ބޮޑެތި އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަންހެނުންނަށް ކުރާ ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ ގިނަ މައްސަލަތަކެއް ވެސް ވަނީ ރިޕޯޓް ކުރެވިފައެވެ. ކަޝްމީރުގައި ވެސް އަންހެނުންގެ ކަރާމާތްތެރިކަމާއި ރައްކާތެރިކަމަށް އަރައިގެންފައިވާކަމަށާއި އެކަމުގެ ސަބަބުން އެތައް ހާސް އަންހެނުން ދަންޖެހިފައިވާކަން ފާހަގަކުރެވިފައި ވެއެވެ.

ކަޝްމީރުގެ ރައްޔިތުންނާއި އަނިޔާ ލިބެމުންދާ އިންޑިއާގެ އެހެނިހެން ސަރަހައްދުތަކުގެ މީހުން ވެސް އުންމީދު ކުރަނީ އިންޑިއާގައި ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު ބޮޑެތި ކަންތައްތައް ބައިނަލްއަގްވާމީ މުޖުތަމައުން ފާހަގަކޮށް އިންޑިއާއިން އެކަށީގެންވާ ޖަވާބެއް ހޯދުމަށް ބާރުއަޅާނެކަމަށެވެ.

އިންޑިއާގެ އިންސާނީ ހައްގުތަކާ ގުޅޭ ރިޕޯޓް މުރާޖައާ ކުރާނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.

އިންޑިއާގެ އިންސާނީ ހައްގުތަކާ ބެހޭގޮތުން 2017 ވަނަ އަހަރު ޝާއިޢުކުރި ރިޕޯޓުން ހާމަވެ އެނގުނީ އެ ގައުމުގައި  އިންސާނީ ހައްގުތަކާ ޚިލާފު ބޮޑެތި މައްސަލަތަކުގެ ބާޒާރު ވަރަށް ބޮޑަށް ހޫނުވެފައިވާކަމެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އެކުލަވައިލެވުނު އެ ރިޕޯޓުގައި، ހަރުކަށި ފިކުރުގެ އިންޑިޔާ ސަރުކާރުގެ އަނިޔާވެރި އަމަލުތައް މުޅި ދުނިޔެއަށް ފަޅާއަރުވާލެވުނެވެ. ނަމަވެސް އިންޑިއާ ސަރުކާރުން އިންސާނީ ހައްގުތަކަށް ސަމާލުކަން ނުދިނުމުން ބީޖޭޕީގެ ވެރިކަމުގައި އިންޑިއާގެ އިންސާނީ ހައްގުތަކުގެ ރެކޯޑް ވަނީ ގޯހުން ގޯހަށް ގޮސްފައެވެ.

Tags: ކަޝްމީރުއިންޑިޔާ

ގުޅުންހުރި ލިޔުންތައް

80 އަހަރުގެ އަންހެނަކު ލޭ ހަދިޔާ ކުރުމުގެ ދުނިޔޭގެ ރެކޯޑު ގާއިމުކޮށްފި

80 އަހަރުގެ އަންހެނަކު ލޭ ހަދިޔާ ކުރުމުގެ ދުނިޔޭގެ ރެކޯޑު ގާއިމުކޮށްފި

މާރޗް 30, 2023
ބަހެއް އެކްސިޑެންޓުވެ 20 އުމްރާވެރިން މަރުވެއްޖެ

ބަހެއް އެކްސިޑެންޓުވެ 20 އުމްރާވެރިން މަރުވެއްޖެ

މާރޗް 30, 2023
އިމިގްރޭޝަން މަރުކަޒެއްގައި ރޯވެ އެތައްބަޔަކު މަރުވެއްޖެ

އިމިގްރޭޝަން މަރުކަޒެއްގައި ރޯވެ އެތައްބަޔަކު މަރުވެއްޖެ

މާރޗް 30, 2023
ބޮމެއް ގޮއްވާލާ ހަ މީހުން މަރާލައިފި

ބޮމެއް ގޮއްވާލާ ހަ މީހުން މަރާލައިފި

މާރޗް 30, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In