ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަމްޖަދު ޢަބްދުލްޣަނީގެ ސުލޫކީ މައްސަލަ ސާބިތެއް ނުވިއެވެ.
ޖޭއެސްސީން މިއަދު ބުނީ 2020 ފެބްރުއަރީ 02 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ މެޖިސްޓްރޭޓް އަމްޖަދު ޢަބްދުލްޣަނީގެ ސުލޫކީ މައްސަލަ ތަޙްޤީޤު ކުރެވި އެ މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން 2020 ފެބްރުއަރީ 23 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލަ ތަޙްޤީޤު ކުރެވި އެ މައްސަލަ ވެސް ސާބިތު ނުވާކަމަށް ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން އެ ގޮތަށް ނިންމީ މި މަހުގެ 01 ވަނަ ދުވަހު ބޭއްވި އެބކޮމިޝަނުގެ 77 ވަނަ ބައްދަލުވުމުގައެވެ.