ކުރިއަށް އޮތް ސްކޫލް ޗުއްޓީއާއި ދިމާކޮށް ރާއްޖޭން ބޭރަށް ދާ ފަރާތްތަކުން ލަސް ނުކުރައްވާ ޕާސްޕޯޓް ހެދުމަށް ސަމާލުވުމަށް އިމިގްރޭޝަނުން އެދިއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ސްކޫލް ބަންދު ދުވަސްވަރުގައި ރާއްޖޭން ބޭރަށްދާ މީހުންގެ އަދަދު އިތުރވާއިރު، ލަސްނުކުރައްވާ ޕާސްޕޯޓު ހެއްދެވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮންމެ އަހަރެއްގެވެސް ސްކޫލް ޗުއްޓީއާއި ދިމާކޮށް ރާއްޖޭން ބޭރަށްދާ މީހުންގެ އަދަދު އިތުރު ޕާސްޕޯޓް ހެދުމަށް ލޯޑު ބޮޑުވާކަން އެ އިދާރާއިން ފާހަގަކުރެއެވެ.
އިމިގްރޭޝަންގެ ފާއިތުވި 2021 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖޫން މަހާއި ޖުލައި އަދި އޮގަސްޓް މަހުގެ ނިޔަލަށް ޕާސްޕޯޓް އެޕްލިކޭޝަން ހުށަހެޅި އަދަދަކީ 5،281 އެވެ. އެކަމަކު މި އަހަރު އެ އަދަދު މާ ބޮޑުތަނުން ވެސް އިތުރު ވާނެ ކަމަށް އެ އިދާރާއިން ވަނީ އަންދާޒާކޮށްފައެވެ.