އެމެރިކާގެ ކެލިފޯނިއާގެ މީހަކު އާދަޔާ ހިލާފު ހިތްވަރެއްކޮށް، އާދައިގެ މީހުންނަށް ދުލުކުރީގައި ޖައްސަން ވެސް ނުކެރޭވަރުގެ އާދަޔާ ޚިލާފަށް ކުޅި 10 މިރުސް އެންމެ 33 ސިކުންތުގެތެރޭގައި ކާލައިފިއެވެ.
ގްރެގޯރީ ފޮސްޓާ އެންމެ 33 ސިކުންތުގެ ތެރޭގައި އެ 10 މިރުސް ކެއުމުން އެކަން ވެފައި ވަނީ ދުނިޔޭގެ ރެކޯޑަކަށެވެ. އޭނާ ވަނީ އޭގެ 8 މަސްދުވަސް ކުރިން ވެސް 8.72 ސިކުންތުގެ ތެރޭގައި އެފަދަ ތިން މިރުސް ކައިގެން ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފައެވެ.
ގްރެގޯރީ ފޮސްޓާ ހަފައި ދިރުވާލި މިރުހެއްގެ ކުޑަ އެތިކޮޅެއް އާދައިގެ މީހެއްގެ ދުލުކުރީގައި ޖެއްސިޔަސް އެމީހަކު އަނބުރައިގަނެގެން ވެއްޓި ހޮޑުލެވި ނުތާހިރުވާނެކަމަށް ވެއެވެ.