ބޮލީވުޑްގެ މަޝްޙޫރު ނެށުންތެރިޔާ މަލައިކާ އަރޯރާ އަކީ ނިވާކަން ކުޑަ ހެދުން ލުމާއި މީޑިއާތައް ކުރިމަތީ ހިނގާގޮތް ތަފާތު ކަމަށް ބުނެ އާއްމުންގެ ފާޑު ކިޔުން އަމާޒު ވަމުން ދާ ފަންނާނެކެވެ.
މި ފަހުން ކުރި ސުވާލަކަށް ޖަވާބު ދެމުން މަލައިކާ ހާމަކޮށްފައިވާ ގޮތުގައި އޭނާ އަކީ އެހެން މީހުންވެސް ހެދުން ލާގޮތަށް ހެދުން ލާ މީހެއް ކަމަށާއި އޭނާ ކިތަންމެ ދިގު ހެދުމެއް ލީ ކަމުގައި ވިޔަސް މީހުން ފާޑު ކިޔައި ކަމަށެވެ.
އަދި ފާޑު ކިޔުމަކީ ވަކި ބަޔަކަށް އަމާޒު ކޮށްގެން ބަޔަކު ކުރަމުން އަންނަ ކަމެއް ކަމަށާއި އާއްމުންގެ އެކަހަލަ ފާޑު ކިޔުންތަކަށް އޭނާގެ ޝައުގެއް ނެތް ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. އޭނާ އަބަދުވެސް ގެންގުޅެނީ ޕްޒިޓިވް ވިސްނުމެއް ކަމަށާއި އޭނާ އަށް މީހުންގެ ފާޑުތަކަށް ވިސްނާކަަށް ވަގުތެއް ވެސް ނުވާކަމަށެވެ.
މަލައިކާ އަކީ ބޮލީވުޑްގައި ހިޓް އެތައް އައިޓަމްސް ލަވަތަކެއް ކުޅެފައިވާ ފަންނާނެކެވެ. އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ލަވަ ތަކުގެ ތެރޭގައި ”ޗައްޔަ ޗައްޔަ“ ”މުންނީ ބަދްނާމް“ ”އަނާރްކަލީ ޑިސްކޯ“ ފަދަ ލަވަތައް ހިމެނެއެވެ.