1988 ވަނަ އަހަރުގެ ނޮވެމްބަރު 03 ވަނަ ދުވަހު ރާއްޖެއަށް ދިން ފަދަ ޢުދުވާނީ ހަމަލާއެއް މިއަދު ދިނަސް ޤައުމުގެ ދިފާޢުގައި ޖިހާދުކުރަން ނުކުންނާނެ ކިތަންމެ ބަޔަކު އެބަތިބިކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.
ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ މިހެން ވިދާޅުވީ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓުން ބޭއްވި ޖަލްސާގައެވެ.
ނަސްރީނާ ދެއްކެވި ވާހަކަފުޅުގައި ވަނީ އެ ކަމަނާއަށް ނޮވެންބަރު 3 ގައި ތަޖުރިބާ ކުރެއްވެވުނު ކަންކަން ހިއްސާ ކުރައްވައިފައެވެ. އަދި އެ ވާހަކަތައް ހިއްސާ ކުރެއްވީ ތާރީޚުގައި ލިޔެފައި އޮތުމަށް ކަމަށް ނަސްރީނާ ވިދާޅުވިއެވެ.
ނަސްރީނާ ވިދާޅުވީ ޤައުމަށް މިއަދު މިފަދަ ނުރައްކަލެއް ދިމާވިޔަސް ޤައުމުގެ ދިފާޢުގައި ޖިހާދުކުރަން އަދި ފުރާނަ ދޭން ވެސް ނިކުންނާ ކިތަންމެ ބަޔަކު މި ފަސްގަނޑުގައި ތިބިކަން “އަޅުގަނޑު ގަބޫލުކުރަން“ ކަމަށެވެ.
އަސްލުގައި ވެސް އެވިދާޅުވި ވާހަކަޔަކީ ރަނގަޅު ވާހަކައެއް އެކަމަކު ތިނެއް ނޮވެމްބަރ އައްޑިހަ އަށެއްގެ ވާހަކަ މިއަދު މައުމޫނާއި އަދި މައުމޫނުގެ އާއިލާއިން އެވާހަކަ ދައްކަން އެހާ ރީއްޗެއް ނޫން ސަބަބަކީ އެދުވަހު އެކަން ކުރި މީހުގެ ތެރޭ އެމީހުން ނާއި ގުޅި ލާމެހިގެން ވެރިކަމުގެ ދަހިވެތިކަމުގައި އެއުޅެނީ ހަމަ އެމައުމޫނާ އެއާއިލާ އެދުވަހު ނިކުތީ ހަތިޔާރު ހިފައިގެން މިއަދު މިއައީ މީހާގެ ސިކުނޑި ހަލާކު ކުރަން އެކަމުގައިވެސް މިއަދު އެއްމެ ކުރީސަފުގައި ހުރީ ހަމަ އެމައުމޫނު އެހެންވީމާ ކޮބާމިމީހުންގެ ލަދު ކޮބާ އަޒުހަރުން ކިޔެވި ދީން