ޕޮލިސް އެކެޑަމީގެ ރަޖިސްޓްރީ އޮތީ ދިވެހިންގެ އަތުގައި ނޫން ކަމަށާއި އެތަނުގެ ކޮންޓްރޯލް އޮތީ އިންޑިއާގެ އަތުގައި ކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވުމުން ސަރުކާރުން ރައްދު ދީފިއެވެ.
އެކެޑަމީ ތަރައްޤީކުރުމުގެ މަގުސަދަކީ އިންޑިއާ ސިފައިން އައްޑޫގައި ބޭތިއްބުން ކަމަށާއި އެ ތަން ދިވެހިންނާ ހަވާލުކުރަންޖެހޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅު ދެއްކެވީ އައްޑޫ ސިޓީ ހުޅުމީދޫ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީންގެ ވާހަކަފުޅަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަފުޅެއް ކަމަށެވެ.
އަދި ޕޮލިސް އެކެޑަމީ އަކީ ދިވެހި ސަރުކާރުގެ ތަނެއް ކަމަށާއި އެހެން ޤައުމެއްގެ އެއްވެސް މިންވަރެއްގެ ކޮންޓްރޯލެއް އޮތް ތަނެއް ނޫން ކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ އެ ތަނުގައި ބަނޑަހަ ޖަހައިގެން ބޭރު ޤައުމެއްގެ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ.