މަޝްހޫރު ޓިކްޓޮކް ތަރި މަރްޔަމް ޝިފާ އިތުރު އަންހެނަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގިކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ދަޢުވާ ކުރެވޭ ވަރަށް ހެކި ނެތުމުން މައްސަލަ ފައިލްކޮށްފިއެވެ.
ޝިފާ އިތުރު އަންހެނަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޢާންމުވީ މި އަހަރުގެ ޖޫން ހިސާބުގައެވެ.
ފުލުހުން މިރޭ ބުނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި ދައުރުވި ދެ އަންހެނެއްގެ ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯގެ މައްސަލައިގެ ތަޙްޤީޤު ނިންމައި ޕީޖީގެ މަޝްވަރާއަށް ފޮނުވުމުން އެ މައްސަލައިގައި ޖިނާޢީ ދަޢުވާއެއް ކުރެވޭ ވަރަށް ހެކި ނެތްކަމަށް ޕީޖީން ނިންމާފައިވާތީ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.