އެމްޑީޕީގެ އޮފީހަށް ވަދެވަޑައިގަތުމުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) އަށް ރޮވިއްޖެއެވެ.
މޫސަ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ އިއްޔެގައެވެ.
އެ ގޮތުން މިއަދު މެންދުރުފަހު ވަނީ އެމްޑީޕީގެ އޮފީހަށް ޒިޔާރަތް ކުރައްވައިފައެވެ.
އޮފީހުގައި ހުންނަވައި މޫސައަށް ރޮވުނު މަންޒަރު ފެންނަ ވީޑިއޯއެއް އަންނަނީ ދައުރުވަމުންނެވެ.
މޫސައަކީ އެމްޑީޕީއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މޫސަ ވިދާޅުވި ގޮތުގައި ޕާޓީއާ އަލުން ގުޅިވަޑައިގަތީ ޕާޓީ އެކަތިގަނޑަކަށް ހެއްދެވުމަށެވެ.
މޫސައަކީ ސިޔާސީމީހަކަށް ވުމުގެކުރިން އެކްޓަރެއް ރާއްޖޭގެފެންވަރުގައިމޮޅުވާނެ ހާސަނުވޭއެފަދަ އެތައްއެއްޗެއް ދުނިޔޭގައި ތިބިބަޔަކުދެކޭނެ.