އާދިއްތަ, މާރޗް 26, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އިމުގެ މައްސަލައިގައި ސަރުކާރުން ދޫ ދީފި ނަމަ، ދިވެހި މަސްވެރިކަމަށް ނުރައްކާވާނެ- ރައީސް ނަޝީދު

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 9, 2022
ޚަބަރު
0
ސަރުކާރަށް އިތުބާރު ލިބޭނީ އެމްއެމްޕީއާރްސީ އާއި ވެންޓިލޭޓަރު މައްސަލަ ބެލިގެން – ނަޝީދު

ރައީސް މުހައްމަދު ނަޝީދު

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މިހާރު ބައިނަލްއަގްވާމީ ކަނޑުތަކުގެ ޓްރައިބިއުނަލްގައި ހިނގަމުންދާ އިމުގެ މައްސަލާގައި ރާއްޖޭން އެއްވެސް ސަރަހައްދެއް ދޫކޮށްލުމަށް އެއްބަސްވުން ވެގެންދާނީ ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމަށް ދެވޭނެ ފުރުސަތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލައާ ގުޅޭގޮތުން މިއަދު ނެރުއްވި ބަޔާނެއްގައި ނަޝީދު މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުން ވެގެންދާނީ މަސްވެރިކަމަށް ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއްގެ ގޮތުގަ އެވެ.

”އިންޑިއާ ކަނޑުގައި މަހުގެ ސްޓޮކު ހުރި މިންވަރު ކަންބޮޑުވާން ޖެހޭ މިންވަރަށް ވެއްޓިފައި މިވަނީ ގައުމުތަކުން ދާ އަޅައިގެން މަސްވެރިކަން ކުރުމަށް ހުއްދަ ދެމުން ދާތީ. އިންޑަސްޓްރިއަލް މަސްވެރިކަން މަނާކޮށްފައި އޮތް އިންޑިއާ ކަނޑުގެ ހަމައެކަނި ސަރަހައްދުތަކަކީ ރާއްޖެ އާއި ޗާގޯސްގެ ސަރަހައްދު،“ އިނގިރޭސި ބަހުން ނެރުއްވި ބަޔާނެއްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

އަދި، ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރަމުންދަނީ ތިމާވެއްޓާ ރައްޓެހި ގޮތަށް ކަން ނަޝީދު ތަކުރާރު ކުރެއްވި އެވެ.

ޗާގޯސްގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމާފައިވާ ނިންމުމަށް މަރުހަބާ ވިދާޅުވެ ނަޝީދު ވަނީ އެ ސަރަހައްދު ދާއިމީ ގޮތެއްގައި ބެލެހެއްޓުމަށް ރާވަން ޖެހޭ އިންތިޒާމުތައް ރޭވުމަށް ރާއްޖޭގެ ސަރުކާރާ އެކު އިނގިރޭސި ސަރުކާރުން މަޝްވަރާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން، މޮރިޝަސް ސަރުކާރާ ޗާގޯސް ހަވާލުކުރުމުގެ ކަންކަން ނިމެން ދެން ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމަށް ރާއްޖެ ހިމެނޭހެން އިންޑިއާ، މޮރިޝަސް، ލަންކާ އަދި ސީޝެލްސްއިން އެއްބަސްވުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”އެއްވެސް ސަރަހަދެއް ދޫކޮށްލުން ވެގެންދާނީ ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމަށް ދެވޭ ފުރުސަތަކަށް،“ ނަޝީދުގެ ކަންބޮޑުވުން ފާހަގަކުރައްވަމުން ވިދާޅުވި އެވެ.

ޗާގޯސް ޖަޒީރާގައި މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެ ގައުމުގެ ބޮޑުވަޒީރަށް ދާދި ފަހުން ފޮނުއްވި ސިޓީއަކާ އެކު އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެއީ، އެގޮތަށް ރާއްޖޭން އެއްބަސްވުމާ އެކު ކަނޑުތަކުގެ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލަ ރާއްޖެއާ ދެކޮޅަށް ނިމުމުގެ ފުރުސަތު އޮތުމުންނެވެ. ނަމަވެސް، ސަރުކާރުން ވަނީ އެއްވެސް ބައެއް ދޫކޮށްލުމަށް އެއްބަސްފައިނުވާ ކަމަށް ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހާއި ވެސް މަޢުލޫމާތު ޙިއްސާކޮށްފައިވާނެކަމަށް ބަންޑާރަ ނައިބު ރިފްޢަތް ވިދާޅުވުމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ހާމަކޮށްފައިވަނީ، މަޖިލީހާ ފުރިހަމަ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ.

މި މައްސަލަ ފެންމަތިވުމާއި އެކު، ރައީސް ނަޝީދު ވަނީ އެ މައްސަލައިގެ ތެރެއަށް ވަންނަވައި ފޯޅަވައްސަކީ ރާއްޖޭގެ ސިޔާދަތީ ބާރު އޮންނަން ޖެހޭ ތަނެއް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފަ އެވެ.

Tags: ރައީސް މުހައްމަދު ނަޝީދު

ގުޅުންހުރި ލިޔުންތައް

އަމްރު ވަކިކޮށް އެސްޓީއޯގެ ހިންގުން ސީއެފްއޯއާ ހަވާލުކޮށްފި

އަމްރު ވަކިކޮށް އެސްޓީއޯގެ ހިންގުން ސީއެފްއޯއާ ހަވާލުކޮށްފި

މާރޗް 26, 2023
ގެޒެޓްކޮށްފައިވާ ގަވައިދުގެ ސަބަބުން ދީނީ ގޮތުން ކަންބޮޑުވާންޖެހޭ ކަމެއް ނެތް – ރ.މައުމޫން

ތަރާވީހް ނަމާދުގައި ޤުރްއާން ޚަތިމުކުރުމަކީ ކޮންމެހެން އޮންނަ ކަމެއް ނޫން: މައުމޫން

މާރޗް 26, 2023
އަމީނީ މަގުން ގަސް ކެނޑުމުގެ މައްސަލަ އަނބުރާ ގެންދަވައިފި

އަމީނީ މަގުން ގަސް ކެނޑުމުގެ މައްސަލަ އަނބުރާ ގެންދަވައިފި

މާރޗް 26, 2023
މޮޓޯކޭޑަށް ހުރަސްއަޅައިގެން ހައްޔަރުކުރީ ހަތަރު މީހުން

މޮޓޯކޭޑަށް ހުރަސްއެޅުން: ދެ މީހަކު ދޫކޮށްލައިފި

މާރޗް 26, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • ޑްރަގް ބޭނުންކޮށްގެން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In