ރައްޔިތުން މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑީގައި އޮތީ ސަރުކާރުކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ތުހުމަތު ކުރައްވައިފިއެވެ.
ނަޝީދުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަޙްމަދު ޠާލިބެވެ. އެއީ މިޞްރުގައި ކުރިއަށްދިޔަ ކޮޕް 27 ސަމިޓްގައި ނަޝީދު ލަންކާ ތަމްސީލު ކުރެއްވުމާ ގުޅިގެން ހުށަހެޅުއްވި މައްސަލައެކެވެ.
ޠާލިބް ހުށަހެޅުއްވި މައްސަލައިގައި ފާހަގަ ކުރައްވާފައިވާ ގޮތުން ނަޝީދުގެ އެ ޢަމަލަކީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ޚިލާފު ކަމެކެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޙަސަން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރަން މެންބަރުންގެ ޢަދަދު ހަމަނުވުމުން އެ އުޅެނީ ސްޕްރީމް ކޯޓަށް ވައްދައިގެން އެ މަނިކުފާނު ވަކި ކުރެވޭތޯ ކަމަށެވެ.
އަދި މިއީ ޤާނޫނީ އަސާސެއް ނެތް ކަމެއް ކަމަށާއި މިކަމުގެ އަޑީގައި އޮތީ ސަރުކާރުކަމަށް ގަބޫލު ކުރައްވާ ކަމަށް ޙަސަން ވިދާޅުވިއެވެ.
މައްސަ ސްޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނީ ނަޝީދު އަމިއްލަފުޅަށް ތިކަމުގާ އެހެންމީހުންގެ ކުށެއް ތިޔައީ ނަޝީދު ބޭނުންފުޅުވާ ގޮތް ކަމެއް ލިބޭއިރަށް އެތަނުން ތަފާތު ގޮތަކަށް ނުކުތުން އޭނަޔަށް މާ މަޖާކަމެއް