މޫސުން ގޯސްވުމުގެ ސަބަބުން ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
ސަމާލު ނެރެފައިވަނީ ޅ.އަތޮޅުން ފެށިގެން ކ.އަތޮޅުގެ ސަރަހައްދުތަކަށް މިރޭ 21:15 ގެ ނިޔަލަށެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ ހއ.އަތޮޅުން ފެށިގެން ދ.އަތޮޅުގެ ސަރަހައްދުތަކަށް މިރޭ 23:45 އާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.