އއ.ފެރިދޫ ކައުންސިލުގެ ހުރިހާ މެންބަރުން އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ ފެރިދޫ ކައުންސިލުގެ ހުރިހާ މެންބަރުންގެ މެންބަރޝިޕް ފޯމްތައް ހިމެނޭހެން ޖުމްލަ 50 މީހުންގެ މެންބަރޝިޕް ފޯމު ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
ފެރިދޫ ކައުންސިލުގައި ތިއްބެވި މެންބަރުން ކުރިން ތިއްބެވީ އެއްވެސް ޕާޓީއަކު ނޫނެވެ.
ފެރިދޫ ކައުންސިލުގެ މެންބަރުންގެ ތެރޭގައި ހިމެނެނީ އިސްމާޢީލް ޝާހު (ރައީސް) އާއި، އަޙްމަދު ނާޡިރު (ނައިބު ރައީސް) އާއި، އާމިނަތު ދޫމާއާއި، މަރްޔަމް ޢާހިދާއާއި، ޒާހިރު ނަޞީރެވެ.