ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް .ޓީ.އެލް) ބަހުގެ ޚިދުމަތް ދިނުމަށް އައު ބަސް ރޫޓެއް R5 ނަމުގައި ތާވަލު ކޮށްފިއެވެ.
ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން R5 ނަމުގައި އައު ބަސް ރޫޓުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފިތުރޯނު މަގު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގެ މައި ބަސް ރޫޓްތަކާއި ގުޅުވާދީ ބަހުގެ ޙިދުމަތް ކޮންމެ ދުވަހަކު ހެނދުނު 5:45 އިން އިރުއޮއްސި 18:00 އަށް ފޯރުކޮށްދެވޭނެއެވެ.
އަދި ހުޅުމާލޭގެ ކޮންމެ ބަސް ހުއްޓިއަކުންވެސް ބަހުގެ ޚިދުމަތް ކޮންމެ 15 މިނެޓަކުން ލިބިވަޑައިގަންނަވާނެއެވެ. ނަމަވެސް ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ހެނދުނު 10:00 އިން މެންދުރު 13:00 އަށް ބަހުގެ ޚިދުމަތް މެދުކަނޑާލެވޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ޚިދުމަތަށް އިތުރުކުރެވުނު R5 ބަސް ރޫޓައިއެކު މި ކުންފުނިން އާރް.ޓީ.އެލް ބަހުގެ ޚިދުމަތް ގްރޭޓަރ މާލެ ސަރަހައްދުގައި 12 ބަސް ރޫޓެއްގައި ފޯރުކޮށްދެމުންދާނެއެވެ.
މި އައު ބަސް ރޫޓުގެ ޚިދުމަތުގެ އަގަކީ -/5 ރުފިޔާއެވެ. ޓިކެޓް ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް އާރް.ޓީ.އެލް ވެބްސައިޓް އަދި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ