ދައުލަތުގެ ދަރަނި އަހަރުން އަހަރަށް ކުޑަކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓު ބަހުސްގައި މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި މިއަދު މެންބަރުންނާ މުހާތަބް ކުރައްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް ހުރީ 13.8 އިންސައްތައިގައި ކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް ހުރީ 14.3 އިންސައްތައިގަ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް މިއަންނަ އަހަރު ދަރަނި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 8.4 ބިލިއަން ރުފިޔާގައި ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 8.1 އިންސައްތަ ކަމުގައިވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
ހަމައެއާއެކު ”ލީކޭޖް“ ނުވަތަ ބޭކާރު ހަރަދުތައް މަދުކުރުމަކީވެސް އެކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް އާސަންދަ ފަދަ ތަންތަނަށް ކުރާ ބޭކާރު ހަރަދުތައް މަދުކޮށް، ޓާގެޓެޑް ސަބްސިޑީއަކަށް ސަބްސިޑީގެ ނިޒާމް ބަދަލުކޮށްފިނަމަ ޖީޑީޕީގެ ނިސްބަތުން 3 އިންސައްތައިގެ ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި މައިގަނޑު އަމާޒަކީ މިފަދަ ފިޔަވަޅު ތަކާއެކު ޖީޑިޕީގެ ނިސްބަތުން 6 އިންސައްތައިގެ ކުރިއެރުމެއް ގެނައުންކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑަށް އަމާޒުހިފާފައިވަނީ ނޭޝަނަލް ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ހިމެނޭ ކަންކަން ނިންމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އިތުރުން އަސާސީ ހިދުމަތްތަކާއި ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި ރާއްޖޭގެ ޕްރޮޑަކްޓިވް ކެޕޭސިޓީ އިތުރުކޮށްދޭ ފަދަ މަޝްރޫއުތައް ނިންމުމާއި ދުރާއި މެދު ރާސްތާގައި ފިސްކަލް ދެމެހެއްޓެނިވި ކަންކަން ކަށަވަރުކުރުމަށް އަމާޒު ހިފާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ އަމީރު ވިދާޅުވީ މިދުވަސްވަރަކީ ބޭރު ޤައުމުތަކާއި ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ވަގުތެއް ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް19ގެ ބަލިމަޑުކަމާއި މިއަހަރު ފެށުނުއިރު ކުރިމަތިވި ޔުކްރޭން އަދި ރަޝިޔާގެ ހަނގުރާމައިގެ ސަބަބުން އިޤްތިޞާދަށް އިތުރު ލޮޅުންތަކެއް އަރާފައިވާކަން ވެސް އަމީރު ފާހަގަ ކުރެއްވިއެވ