ހުކުރު, ސެޕްޓެމްބަރ 22, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޗާގޮސް މައްސަލައިގައި މަޢުލޫމާތު މަޖިލީހާއި ހިއްސާކޮށްފައެއްނުވޭ: މަޖިލިސް އިދާރާ

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 9, 2022
ފީޗަރ, ޚަބަރު
0
މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތު މެންބަރުން އަޅުގަނޑަށް އިތުބާރު ކުރައްވާ: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ޗާގޮސް މައްސަލައިގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރެއްވިކަމަށް ބަންޑާރަ ނައިބު ދައްކަވާ ވާހަކަ މަޖިލީހުގެ އިދާރާއިން ދޮގުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ބަޔާނެއްގައި އެ އިދާރާއިން ބުނެފައިވަނީ، ރޭ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި 23 އޮގަސްޓް 2019 ގައި މޮރިޝަސްގެ ފަރާތުން ދިވެހިރާއްޖެއާއި ޗާގޮސްއާއި ދެމެދު އޮތް ކަނޑުގެ ސަރަޚައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާއި ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދ ސީއަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން ހުށަހަޅާފައިވާ މައްސަލައާއި ގުޅޭ މަޢުލޫމާތު ރައްޔިތުންގެ މަޖުލީހާއި ހިއްސާކުރައްވާފައިވާނެކަމަށް އެޓާރނީ ޖެނެރަލް އަލްއުސްތާޛް އިބްރާހިމް އިފްޢަތް ވިދާޅުވެފައިވީ ނަމަވެސް މަޖިލީހާއި އެކަން ހިއްސާކޮށްފައިވާ ނުވާކަމަށެވެ.

އަދި ޗާގިސްގެ މައްސަލައިގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވިކަމަށް ޚަބަރު ލިބޭ ސިޓީއާއި ޗާގޮސް މޮރީޝަސްއާއި ހަވާލުކުރުމަށް ގޮވާލާ ޤަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން މިހާތަނަށް ނަގަމުން އައި ސްޓޭންޑް ބަދަލުކޮށްފައިވާކަންވެސް ރައްޔިތުންގެ މަޖިލީހާއި މިހާތަނަށް ޙިއްސާކޮށްފައި ނުވާކަމަށް މަޖިލީހުގެ އިދާރާއިން ނެރެފައިވާ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާއި ބެހޭގޮތުން އިންޓަނޭޝަނަލް ކޮޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އިން 2019ގައި ނިންމި ނިންމުމުގައު އިނގިރޭސިވިލާތުން އެތަން މިރިޝަސްއާއި ހަވާލުކުރަންޖެގޭކަމަށް ނިންމި ނިންމުމާއި ގުޅުވައިގެން އދ.ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގައި ކުރީ ފަހަރުތަކުގައި ދިވެހިރާއްޖެއިން ޢަމަލުކޮށްފައިވާ ގޮތާއު ޚިލާފަށް ދިވެހިރާއްޖެއިންވެސް މޮރިޝަސްއާއި އެއްކޮޅަށް ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑު ވަޒީރަށް އަންގަވާފައިވާކަން ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައިގައި އެޓާރނީ ޖެނެރަލް ފާހަގަކުރައްވާފައިވާއިރު، ޗާގިސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާތަދީ ބާރާ ބެހޭ ގޮތުން އައި.ސީ.ޖޭއިން ނިންމި ނިންމުން ތަންފީޒުކޮށް ޗާގޮސް މޮރިޝަސްއާއި ހަވާލުކުރުމަށް ގިވާލާ ޤަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން ތާއިދުކޮށް ވޯޓުލާން ނިންމާފައިވާކަންވެސް އަދި އެގިތަށް ވޯޓުލާން ނިންމި ސަބަބެއްވެސް އަދި އެގޮތަށް ވޯޓުލާން ނިންމާފައިވާކަން ރައީސުލްޖުމްހޫރިޔާގެ ސިޓީފުޅަކުން މިރިޝަސްގެ ބޮޑު ވަޒީރަށް އަންގަވާފައިވާކަމެއްވެސް މިހާތަނަށް ރައްޔިތުންގެ މަޖިލީހާއި ޙިއްސާކުރައްވާފައި ނުވާ ކަމަށް މިޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް ފޯޅަވަހީގެ މައްޗަށް އިންގިރޭސީންގެ ސިޔާދަތީ ބާރު ނެތްކަމަށް ކަނޑައަޅުއްވާފައިވާކަމަށް ޚަބަރުތަކުން އިވިފައިވާކަމަށާއި، ސަރުކާރުން މިކަމުގައި ނަގަމުން އައި ސްޓޭންޑް ބަދަލް ވެފައިވާކަމަށް ދެކެވެމުން އަންނަ ވާކަތާކައި ގުޅިގެން މިއީ ދިވެހި ދައުލަތުގެ ސިޔާދަތާއި ގުޅުން ހުރި ކަމެއްކަމަށް ބަޔާންކޮށް އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީއަކާއި ގުޅިގެން އެމައްސަލަ ދިރާސާކުރުމަށްޓަކައި އެޓާރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހާއި ބެހޭ ގޮތުން އޮޅުން އަރާފަދަ މަޢުލޫމާތުތައް އެއްވެސް ފަރާތަކުން ނުފެތުރުމަށްވެސް މަޖިލީހުން ވަނީ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ދުވަސްވީ މީހުންނަށް ދޭ އެލަވަންސް 7000 އަށް ބޮޑުކުރަން ނިންމައިފި

ދުވަސްވީ މީހުންނަށް ދޭ އެލަވަންސް 7000 އަށް ބޮޑުކުރަން ނިންމައިފި

ސެޕްޓެމްބަރ 21, 2023
ޒާތީ ތައައްސުބުން އެއްކިބާވެ ޑރ.މުޢިއްޒުގެ އަތްޕުޅުގައި ހިފުމަށް ޝަހީމް ގޮވާލައްވައިފި

ޒާތީ ތައައްސުބުން އެއްކިބާވެ ޑރ.މުޢިއްޒުގެ އަތްޕުޅުގައި ހިފުމަށް ޝަހީމް ގޮވާލައްވައިފި

ސެޕްޓެމްބަރ 21, 2023
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދޭން ނިންމައިފި

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދޭން ނިންމައިފި

ސެޕްޓެމްބަރ 21, 2023
ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން ތަޢީދުކޮށްފި

ހައިކޯޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ނުފެތުމަށް އިލްތިމާސްކޮށްފި

ސެޕްޓެމްބަރ 21, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ނިހާންގެ މައްސަލަ ކުރިއަށް ގެންދެވޭގޮތެއް ނުވި

    ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު ނިހާންގެ ތާއީދު ޑރ. މުއިއްޒުއަށް

    0 shares
    Share 0 Tweet 0
  • އަޅުގަނޑާއި އާއިލާ ތަހަންމަލް މިކުރަނީ މެޑަމް ފަޒުނާމެން އޭރުއްސުރެ ކުރި ފުރައްސާރަ- ކެޕްޓަން އިހްސާން

    0 shares
    Share 0 Tweet 0
  • އުއްމީދަކި ”ޖަވާން“ އަށްފަހު އަންހެން ކުދިން ތަލަ މީހުނަށް ގަޔާވުން: ޝާޙް

    0 shares
    Share 0 Tweet 0
  • ޑިމޮކްރެޓްސްއިން ބޭނުންވާ ގޮތަށް މިމަހު ނިޒާމީ ވޯޓަކަށް ނުދެވޭނެ: އިލެކްޝަންސް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In