ބުދަ, މާރޗް 22, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ސަލާމަތީ މަޝްރަހް ދަނީ ބަދަލުވަމުން،އެކަމަށް ތައްޔާރުވާންޖެހޭ- މާރިޔާ

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 9, 2022
ޚަބަރު
0
ސަލާމަތީ މަޝްރަހް ދަނީ ބަދަލުވަމުން،އެކަމަށް ތައްޔާރުވާންޖެހޭ- މާރިޔާ

ދުނިޔޭގައި ވެސް އަދި މި ސަރަހައްދުގައި ވެސް ސަލާމަތީ މަޝްރަހް ދަނީ ބަދަލުވަމުން ކަމަށާއި، ބައެއް ބަދަލުތަކުގެ އަމާޒުހުރީ އަޅުގަނޑުމެންފަދަ ކުޑަ، ވަސީލަތްތައް މަދު، ނާޒުކު އިޤްތިޞާދެއް އޮތް ޤައުމުތަކަށް އެންމެ ހިތްއެދޭ ފަދަ މިސްރާބަކަށް ނޫން ކަމުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިފަދައިން ވިދާޅުވީ، އެމްއެންޑީއެފް މެރިން ކޯރ އުފެދުނުތާ 13 އަހަރު ފާހަގަކުރުމުގެ ގޮތުން، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ”މެރީންސް ޑޭ“ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސައިބަރ އެޓޭކްތަކާއި، އިންފޮމޭޝަން ކެމްޕޭންތަކާއި، ޢުދުވާނީ ހަރަކާތްތަކުގެ ގޮތުގައި ނުބެލެވޭ ތަފާތު އެކިއެކި ހަރަކާތްތަކުގެ ތެރެއިން ސަރުކާރުތަކާއި ޤައުމުތަކަށް ޕްރެޝަރކުރުން ފަދަ ހައިބްރިޑް ވޯފެއަރއަކީ މިއަދުގެ އިސްތިރާޖީ މާހައުލުގެ ފަސްމަންޒަރު އޮތް ގޮތް ކަމުގައެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސިޔާދަތު ހިމާޔަތްކޮށް، ދިފާޢުކޮށް ބެލެހެއްޓުމަކީ ޖުމްލަކޮށް މުޅި އަސްކަރިއްޔާގެ އެންމެ މުހިންމު އެއް ޒިންމާކަމަށާއި، އެ ޒިންމާ އަދާކުރުމުގައި މިހާރު އެމްއެންޑީއެފްގެ ބާރުތައް ތަރުތީބު ކުރެވިފައިވާ ގޮތުން ޤައުމީ އިސްތިރާޖީ އިންސްޓޮލޭޝަންތަކާއި، ކްރިޓިކަލް އިންފްރާސްރަކްޗަރ ހިމާޔަތްކުރުމުގައި އެންމެ އިސް ދަޢުރެއް އަދާކުރަން ޖެހޭ ބަޔަކީ އެމްއެންޑީއެފްގެ މެރީންސް ކަމުގައެވެ.

”ކްރިޓިކަލް އިންފްރާސްރަކްޗަރތަކާއި ސްޓްރެޓެޖިކް އިންސްޓޮލޭޝަންތަކުގެ ގޮތުގައި ކުލަސިފައިކުރެވޭ ތަންތަން ދަނީ ގިނަވަމުން. ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދުރާއްޖެތެރޭގައި ވެސް ބައިނަލް އަޤްވާމީ އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެދަނީ ކުރަމުން. އެހެންވީމަ އެކަންކަމަށް ސިފައިން ތަމްރީންވެ ތައްޔާރަށް ތިބެން އެބަޖެހޭ. “ ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިހާރުގެ ވޯފެއަރ ހިނގަނީ އާންމު ޢިބާރާތުން ދަންނަވާނަމަ، ގްރޭ ޒޯންގައި އިރެގުލާ ވޯފެއަރގެ މަހުފޫމްތަކުގެ ތެރެއިން ކަމަށާއި، ފެންނަފެނުމަށް އަސްކަރީ ހާލަތެއް ނެތަސް، ސަލާމަތީ ބާރުތައް އަބަދުމެ މިތިބެންޖެހެނީ ހާސްކަމެއްގައި، އަބަދާއިއަބަދު ތަފާތު ގޮންޖެހުންތައް ކުރިމަތިލަމުން ކަމުގައެވެ. ޚާއްޞަކޮށް ޓެކްނޮލޮޖީއާއި މީސްމީޑިއާއަށް އައިސްފައިވާ އިންޤިލާބީ ބަދަލުތަކުގެ ސަބަބުން އެ ފަދަ ހަރަކާތްތައް ހިންގުމަށް އެކި ފަރާތްތަކަށް ފުރުޞަތު ފަހިވެގެންދާކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ، ބަދަލުވަމުންދާ މާޙައުލާ އެއްގޮތަށް ދިވެހިރާއްޖޭގެ ދިފާޢުއާއި ސަލާމަތްތައް ހަރަކާތްތެރިވެވޭނެ ލަޝްކަރެއްގެ ގޮތުގައި އެމްއެންޑީއެފް މެރިން ކޯރ ބިނާކޮށް، ފުރިހަމައަށް ތައްޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

ސިފައިންނަށް ބޭނުންވާ ތަމްރީނާއި، އާލާތްތައް ހޯދައިދިނުމުގައި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރައްވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އެމްއެންޑީއެފް މެރީންސްއަށް ބޭނުންވާ ހަތިޔާރާއި އާލާތްތައް ހޯދުމަށް ޓަކައި ސަރުކާރުން ބަޖެޓް ހަމަޖައްސަވާފައި ވަނީ އެކަމަށް ސީދާ ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހް ދެއްވި އިސްކަމާއި އަހަމިއްޔަތުކަމުގެ ތެރެއިން އެކަމަށް ޚާއްޞަ ބަޖެޓެއް ހަމަޖައްސަވައިދެއްވައިގެން ކަމުގައެވެ.

”މިއީ، މެރިން ކޯރގެ 13 އަހަރުވީ ތާރީޚުގެ ތެރޭގައި ވެސް ސަރުކާރުގެ ސީދާ ބަޖެޓުން ޚަރަދުކޮށްގެން ހަތިޔާރު ހޯދުނު ފުރަތަމަ ފަހަރު. އަދި މިއީ، އެމްއެންޑީއެފުން ކުރަންޖެހޭ މަސައްކަތާއި، މިހާރުގެ އިސްތިރާޖީ މާހައުލުގެ ތެރެއަށް ވިސްނައި އެމްއެންޑީއެފުން އެކަމަށް ތައްޔާރުވެ ތިބުމަށް، ސަރުކާރަށް ވިސްނި، ސަރުކާރުން ކޮށްދެއްވާ ކަމެއް.“ ޑިފެންސް މިނިސްޓަރ އިތުރަށް ވިދާޅުވިއެވެ.

ރޭ ބޭއްވި ހަފުލާގައި، އެމްއެންޑީއެފް މެރިން ކޯރއަށް އެކި ގޮތްގޮތުން ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކުރައްވައި، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއަށް އެމްއެންޑީއެފް މެރިން ކޯރގެ ފަރާތުން ވަނީ ”ޝުކުރުގެ ފިލާ“ އަރުވާފައެވެ. އަދި އެމްއެންޑީއެފް މެރިން ކޯރއަށް އަގުހުރި ޚިދުމަތްތައް ކޮށްދެއްވާ ފަރާތްތަކަށް އަރުވާ ޝަރަފުވެރި ހަނދާންކަމުގައިވާ ”ފަޚުރުގެ އައްޑަނަ“، އެމްއެންޑީއެފް މެރިން ކޯރއިން ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލްއާއި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީއަށް އަރުވާފައިވެއެވެ. އެމްއެންޑީއެފް މެރިން ކޯރގެ ފަރާތުން އެ ބޭފުޅުންނަށް ”ޝުކުރުގެ ފިލާ“ އާއި ”ފަޚުރުގެ އައްޑަނަ“ އެރުވީ އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދެވެ.

މި ހަފުލާގައި، 2019 ،2020 އަދި 2021 ވަނަ އަހަރު އެކި ދާއިރާތަކުން ފާހަގަކޮށްލެވުނު ޚިދުމަތްތައް ފޯރުކޮށްދިން މެރީންސްއަށާއި މެރިން ކޯރގެ އެކިއެކި ކޮމްޕޯނަންޓްތަކަށް ވަނީ އަގުވަޒަންކުރުމުގެ ހަނދާނީފިލައާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވާފައެވެ. އެފަރާތްތަކަށް ހަނދާނީ ފިލައާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް ވައިޘް ވަޙީދެވެ.

މި ހަފުލާގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Tags: މިނިސްޓަރ އޮފް ޑިފެންސްމިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީޑިފެންސް މިނިސްޓަރ

ގުޅުންހުރި ލިޔުންތައް

4 ކިލޯގެ ޑްރަގާއެކު 5 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ގާނޫނުގައި ނެތުމުން ދޫކޮށްލައިފި

މާރޗް 21, 2023
ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

މާރޗް 21, 2023
ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

މާރޗް 21, 2023
ހަނދު ސާބިތުކުރުމުގެ ޖަލްސާ ހުކުރުދުވަހުގެރޭ

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

މާރޗް 21, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In