ހއ. މޮޅަދޫ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ، މޮޅަދޫ ފެރީ ހަޓްގެ މަސައްކަތަކީ އާރް.ޓީ.އެލް. ފެރީ ނިޒާމްގެ ދަށުން ޒޯން 1 ގައި ޤާއިމުކުރެވޭ ފެރީ ސްޓޮޕެއް ކަމަށެވެ.
ހއ. މޮޅަދޫ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި، ކިއޮސްކަކާއި، ޔުނިވަރސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ޤާއިމުކޮށްފައިވެއެވެ.
އާރް.ޓީ.އެލް. ފެރީ ނިޒާމްގެ ދަށުން އެކި ރަށްރަށުގައި މިފަދަ ފެރީ ހަޓްތައް އަންނަނީ ގާއިމު ކުރަމުންނެވެ.