ފޮރިން މިނިސްޓަރު ޝާހިދު ދައުވަތަކަށް ހަންގޭރީގެ ފޮރިން އެންޑް ޓްރޭޑް މިނިސްޓަރު ޕީޓާ ސްޒިޖާޓޯ ރާއްޖެ ވަޑައިގެންފި އެވެ.
މި ދަތުރުގައި ސްޒިޖާޓޯ ރައީސް އިބްރާހީމް މުހައްމަދު ސޯލިުގެ އަރިހަށް ވެސް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރަސްމީ ބައްދަލުވުންތަކާއި މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި ތިން އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވެ އެވެ.
އަދި ރާއްޖޭން ހަންގޭރީ އަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސިއުލް ޖެނެރަލް މުހައްމަދު އަލީ ޖަނާހު ބާއްވަވާ ހާއްސަ ހަފުލާއެއް ވެސް މިއަދު މެންދުރު ފަހު ކުރުނބާ މޯލްޑިވްސްގައި އޮންނާނެ އެވެ. އެ ހަފުލާގައި ހަންގޭރީގެ ފޮރިން މިނިސްޓަރުގެ އިތުރުން ސަރުކާރު އިސްވެރިންނާއި ފޮރިން މިނިސްޓްރީގެ ވެެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރާއްޖެ އާއި ހަންގޭރީގެ ސިޔާސީ ގުޅުމަށް މިހާރު ވަނީ 47 އަހަރުވެފަ އެވެ. އެކަމަކު މިއީ ހަންގޭރީގެ މިނިސްޓަރަކު ރާއްޖެ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރެވެ.