ބޮލީވުޑްގެ ބަތަލް އަރްބާޒް ޙާން އާއި މަލައިކާ އަރޯރާގެ ދަރިފުޅު އަރްހާން ޙާން ބޮލީވުޑް ފިލްމެއްގެ އެސިސްޓެންޓް ޑައިރެކްޓަރަކަށް ހަމަޖައްސައިފިއެވެ.
އިންޑިއާގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އޭނާ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ހަމަޖައްސާފައިވަނީ ބައްޕަ އަރްބާޒް އާއި ބޮލީވުޑްގެ ބަތަލާ ރަވީނާ ޓަންޑަން އެއްކޮށް ކުޅޭ ފިކްމު ”ޕަޓްނާ ޝުކްލާ“ އަށެވެ.
އެގޮތުން އަރްހާން ވަނީ ބޮލީވުޑްގެ މަޝްޙޫރު ޑައިރެކްޓަރ ކަރަން ޖޯހަރުގެ ”ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ“ ގައި ވެސް އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. މި ފިލްމަކީ އާލިއާ ބަޓް އާއި ރަންވީރު ސިންގް އެއްކޮށް ފެނިގެންދާ ފިލްމެކެވެ.
އުމުރުން 19 އަހަރުގެ އަރްހާން އަންނަނީ އެމެރިކާގެ ޔުނިވާސިޓީ އަކުން ފިލްމު މޭކިންގެ ކޯސްއެއް ވެސް ކިޔަވަމުންނެވެ.