ޖަޕާނާއި ވިއެޓުނާމުގެ އެއް ނަމެއް ކިޔާ 178 މީހުން އެއްތަނަކަށް އެއްވެ ދުނިޔޭގެ އައު ރެކޯޑެއް ގާއިމުކޮށް މިހާރު އެކަން ވަނީ ދުނިޔޭގެ ރެކޯޑު ފޮތުގައި ވެސް ހިމަނާފައެވެ.
އެ މީހުންނަށް އެއްނަމެއް ކިޔާފައި ވާކަމަށް ބެލީ ފުރަތަމަ ނަމާއި ފަހުނަން އެއްގޮތް ވުމުންނެވެ. ޖަޕާނުގެ ޓޯކިޔޯގެ އެއްފުރާޅެއްގެ ދަށަށް އެއްވެ ދުނިޔޭގެ ރެކޯޑު ގާއިމު ކުރި އެންމެންނަށް ކިޔަނީ ހިރޮކަޒޫ ޓަނަކާ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ 3 އަހަރުން ފެށިގެން 80 އަހަރުގެ މީހުންނެވެ.
އެއްނަމެއް ކިޔާ ބަޔަކު ޖަޕާނުގައި އެއްތަނަކަށް އެއްވެ ދުނިޔޭގެ ރެކޯޑު ގާއިމުކުރުމުގެ ކުރިން އެއްނަމެއް ކިޔާ ބަޔަކު އެއްތަނަކަށް އެއްވުމުގެ ރެކޯޑު ހަދާފައި ވަނީ 2005ގައި އެމެރިކާގައެވެ. އެފަހަރު ރެކޯޑު ގާއިމުކުރީ 164 މީހުން އެއްތަނަކަށް އެއްވެގެންނެވެ.
ޖަޕާނުގެ ހިރޮކަޒޫ ޓަނަކާ، ކިޔާ ޖަމާއަތަކުން އެއްނަމެއް ކިޔާ މީހުން އެއްތަނަކަށް އެއްކޮށް، ދުނިޔޭގެ ރެކޯޑެއް ހެދުމުގެ މަސައްކަތް ފުރަތަމަ ފެށީ 2011 ގައެވެ. އެފަހަރު އެއްކުރެވުނީ 71 މީހުންނެވެ. އޭގެ ފަހުން އެ ޖަމާއަތުން 2017ގައި ވެސް ރެކޯޑު ހެދުމުގެ މަސައްކަތް ކުރިއެވެ. އެފަހަރު އެއްތަން ކުރެވުނީ 87 މީހުންނެވެ. އެހެންވެ ކުރިން އޮތް ރެކޯޑު މުގުރައެއްނުލެވުނެވެ.
އެއްނަމެއް ކިޔާ މީހުންގެ ރެކޯޑު ގާއިމު ކުރި ޖަމާއަތަކީ 1994ގައި އުމުރުން 53 އަހަރުގެ ހިރޮކަޒޫ ޓަނަކާ އުފެއްދި ޖަމާއަތެކެވެ.