ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށް ކަނޑައެޅުމަށް ލިބުނު ފަހު ފުރުސަތު ގެއްލުވައިލީ މިދިޔަ ސަރުކާރުންކަމަށް ފޮރިން މިނިސްޓަރު ޝާހިދު މިރޭ ވިދާޅުވެއްޖެެއެވެ.
ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް ފުށުއަރާ ސަރަހައްދުގެ މައްސަލައިގައި އެޓާނީ ޖެނެރަލްގެ އޮފީހާ ފޮރިން މިނިސްޓްރީން ގުޅިގެން މިރޭ ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްކަމަށް ބުނެ 2017 ގައި މޮރިޝަސްއިން އދ. އަށް ޤަރާރެއް ހުށަހެޅި ކަމަށާއި ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ޤަރާރުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އެ ޤަރާރަށް އޭރު ރާއްޖެއިން ވޯޓުދިނީ ދެކޮޅަށް ކަމަށާއި ނަމަވެސް އެ މައްސަލަ ރާއްޖެއާ ދެކޮޅަށް ފާސްވި ކަމަށެވެ. އެ ގޮތުން އެ މައްސަލަ އިސްތިއުނާފު ކުރަން ވެސް ކުރީ ސަރުކާރަށް ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް އޭރުގެ ސަރުކާރު އޮތީ ހަނުކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޗާގޯސް މައްސަލައިގައި ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުގައި އިޚްލާސްތެރިކަމެއް އޮތް ނަމަ އޭރު އިންޓަނޭޝަނަލް ކޯޓަށް ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އޭރު އެ ކަން ނުކުރެއްވުމުން ރާއްޖެއަށް ފުރުސަތު ގެއްލުނީ ކަމަށެވެ.
ހިޔަޅަށް އޮންނަ ގޮތަކީ އޭނަގެ ބުއްދީގެ ބޭނުންކޮށްގެން އެހެންމީހުންގެ ސިކުނޑިތަކާކުޅެލުން. ޣައްދާރުން މިކުރާކަމަކީ ހިޔަޅު އުޅުނު ބީދައިން އުޅެ އޭތީގެ މަޅީގައި ރައްޔިތުން ޖެއްސުން. މިއުޑުދަށުގައި ހުރި އެރޮނގުން އެންމެ ކުރީގައި އުޅޭ މީހަކީ މިއީކަމަށް ބުނެވޭ. ހިޔަޅެއްގެ ވެރިކަމުގައި ވެރިހިޔަޅުގެ ފައި ދޮންނަ ފެން އޮހޭހިސާބުގައި އުޅެލެވުމުގެ ފުރުސަތުލިބި ވެރިހިޔަޅަށްވުރެ ބުއްދިވެރިވެފައިވާ ކަމަށް ބުނެވޭ. އޭގެތަޖުރިބާއިން މިއަދު މިބަލަނީ ރައްޔިތުން އިތުރަށް ވާވެއްދުމަށް ކަމަށް ގިނަރައްޔިތުން ބުނޭ.
ކޮންމެސް ކަމެއް ޔާމީނާ ހެދި ނޫނީ ކުރީ ސަރުކާރާ ހެދި
Kaleythihadhaa dhogufalhaa ataanedhuvaheh annaane kanegey tha kaleyah hurihaakameh yaameenu bolah thikadanee