މިރޭ ވެސް ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މާދަމާގެ ހެނދުނު 06:00 އާ ހަމައަށް މޫސުން ލަފާކުރާ ގޮތް ޢާންމުކޮށް މެޓުން ނެރުނު މެސެޖުގައި ވަނީ މިރޭ ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.
އަދި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައްު އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
އުތުރުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދު ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދު ކަމަށް ވެސް މެޓުން ބުންޏެވެ.