އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ޕާޓީއަށް އިތުރު ބާރެއް ގެނެސްދެއްވާނެ ކަން ކަށަވަރުކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިހެން ވިދާޅުވީ ވިދާޅުވީ ރީކޯ މޫސަ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވައި މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
މޫކޭ ވިދާޅުވީ ޕާޓީގެ ސަފުތަކަށް އިތުރު ހިތްވަރަކާއި ބާރެއް މޫސަ ގެނެސްދެއްވާނެކަން ކަށަވަރު ކަމަށެވެ.
ރީކޯ މޫސަ އެމްޑީޕީން ވަކިކުރީ 2014 ގައެވެ. އޭނާއަކީ އެމްޑީޕީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެ ގޮތުން އެ ޕާޓީން ކުރި މުޒާހަރާތަކުގައި އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ.