މީލާދީން 1560 ވަނަ އަހަރު 09 ވަނަ ޙަސަން ރަސްގެފާނުގެ ސިޓީއެއްގައި ފޯޅަވަހީގެ ހަތް ރަށަކީ ރާއްޖޭގެ ރަށްތަކެއްގެ ގޮތުގައި ކަމަށް ލިޔުއްވާފައި އޮތް ނަމަވެސް އެއީ އެއްވެސް އަސާސެއް އޮތް ވާހަކައެއް ނޫން ކަމަށް ފޮރިން މިނިސްޓަރު ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ޝާހިދު އެހެން ވިދާޅުވީ ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް ފުށުއަރާ ސަރަހައްދުގެ މައްސަލައިގައި އެޓާނީ ޖެނެރަލްގެ އޮފީހާ ފޮރިން މިނިސްޓްރީން ގުޅިގެން މިރޭ ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރާއްޖޭގެ ޚާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ވަނީ ރާއްޖެއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލައިގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ބައިނަލްއަގްވާމީ ޓްރައިބިއުނަލުގައި ކުރިއަށްދިޔަ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތު ވަނީ މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ރާއްޖެއިން ގަބޫލުކޮށް މިދިޔަ އޮގަސްޓު 22 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ޞާލިޙް ސިޓީއެއް ފޮނުއްވާފައިވާކަމަށް ވިދާޅުވެފައެވެ.
އެ ސިޓީގައި ހުރި ވާހަކަ ހާމަކުރުމަށް ރައްޔިތުން ދަނީ ގޮވައިލަމުންނެވެ.
މިފަދަ ބޮޑު މައްސަލައިގައި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނެވުމަށްފަހު މިރޭ ޝާހިދު ވިދާޅުވީ 1560 ވަނަ އަހަރު 09 ވަނަ ޙަސަން ރަސްގެފާނުގެ ސިޓީއެއްގައި ފޯޅަވަހީގެ ހަތް ރަށަކީ ރާއްޖޭގެ ރަށްތަކެއްގެ ގޮތުގައި ކަމަށް ލިޔުއްވާފައި އޮތްކަމަށް ވިދާޅުވެ ބައެއް ބޭފުޅުން އެ ވާހަކަ އެބަ ދައްކަވާ ކަމަށެވެ. ނަމަވެސް އެއީ އަސާސެއް ނެތް ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނުވަވަނަ ޙަސަން ރަސްގެފާނު ދެއަހަރާއި ފަސް މަސްދުވަހުގައި ރަސްކަންކުރެއްވުމަށްފަހު ކޮއްޗޭއަށް ވަޑައިގެން އިސްލާމްދީން ދޫކުރައްވައި ނަޞާރާދީނަށް ވަދެވަޑައިގެން ނަންފުޅެއްކަމުގައި ހަމަޖެއްސެވީ ”ޑޮމް މެނުއަލް ( 1 ވަނަ)“ އެވެ. ނަޞާރާ ދީނަށް ވަދެވަޑައިގަތުމަށްފަހުގައި ޕޯޗުގީޒުންގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ ރަސްކަން އަލުން ހޯއްދެވުމަށް ޕޯޗުގީޒުންގެ ގުރާބެއް ރާއްޖެއަށް ފޮނުއްވައިގެން ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
Abudhuhloa saahidhakee konthaakun koacheh kiyavaigenhuri meehehtha maamolhu meehakah hedhigen thiulhenee raahje dharuvaalaifi mimeehaku maamolhu meehakahvegan kihaabodu aafaatheh mee.