އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރީކޯ މޫސަ 08 އަހަރަށްފަހު މިއަދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން މަރުހަބާ ވިދާޅުވެ މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އަލުން ޕާޓީއާ ގުޅިވަޑައިގަތުމަކީ ޕާޓީއަށާއި ”އަޅުގަނޑުމެން އެންމެނަށް ލިބުނު އިތުރު ހިތްވަރެއް“ ކަމުގައެވެ.
”މޫސަ އަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް.“
އެމްޑީޕީތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށްފަހު ރީކޯ މޫސަ އެމްޑީޕީން ވަކިކުރީ 2014 ގައެވެ. އޭގެފަހުން 2018 ގައި ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. ނަމަވެސް ފަހުން އެ ޕާޓީން ވަކިވެވަޑައިގެން ހުންނެވީ ސިޔާސީ ދާއިރާއާ ތަންކޮޅެއް ދުރުގައެވެ. ފަހަކަށް އައިސް މޫސަ ފެނިގެން ގޮސްފައިވަނީ ރައީސް ޞާލިޙްގެ ސިޔާސަތުތަކަށް ވަރަށް ތަޢުރީފު ކުރައްވައި ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ.