އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރަކަށް ތާއީދުކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް މުޙައްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
އިބްރާހިމް ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ”ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދަވްރަކަށް ތާއިދުކުރަން“ ކަމަށާއި “ފުރިހަމަ ކާމިޔާބީ އަކަށް އެދެން“ ކަމަށެވެ.
ރައީސް ޞާލިޙް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޞާލިޙަށް ދެވަނަ ދައުރަކަށް ތާއީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޞާލިޙަށް ދެވަނަ ދައުރަކަށް ތާއީދު ނުކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.