ވެރިކަން ލިބިވަޑައިގެންފިނަމަ އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫ ބުރިޖަކުން ގުޅުވައިލައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވަޢުދުވެވަޑައިގެންފިއެވެ.
ރައީސް ޔާމީން މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ވަނީ ހުޅުމީދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
”އަދިވެސް ތި ބޭފުޅުން ވިދާޅެއް ނުވަމެއް ނޫންތޯ މި ދެ ބައްރު މި ދެ ރަށް ގުޅުވާލަދޭކަށް ބުރިޖެއް އަޅައިދޭށެކޭ“ ހުޅުމީދޫ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވިއެވެ.
އެ ވަގުތު ޖަލްސާގައި ތިބި އެންމެން ވަރަށް ފޯރީގައި ތެދުވެ އެއް އަޑަކުން އެކަމަށް ބޭނުންވާ ވާހަކަ ދެންނެވިއެވެ.
”މިހާރު އަޅުގަނޑަށް ވެސް ދޭހަވެއްޖެ. މި ބުރިޖު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެޅިގެންދާނެ“ ރައްޔިތުންގެ ވާހަކަ އަޑުއައްސަވައި ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ރަށްރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ގެންދަވަނީ ވަޢުދުވެވަަޑައިގަންނަވަމުންނެވެ.