އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު 08 އަހަރަށްފަހު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.
މޫސަ މިއަދު ވަނީ އެމްޑީޕީގެ އިސް ލީޑަރު ރައީސް ޞާލިޙްގެ ހާޒިރުގައި މެންބަރޝިޕް ފޯމް ޗެއާޕާސަން ފައްޔާޟް އިސްމާޢީލާ ހަވާލުކުރައްވައިފައެވެ.
ޕާޓީތެރޭ އުފެދުނު ޚިޔާލު ތަފާތުވުންތަކަށްފަހު މޫސަ އެމްޑީޕީން ވަކިކުރީ 2014 ގައެވެ. އޭގެފަހުން އޭނާ ޕީޕީއެމްއާ ވެސް ގުޅިވަޑައިގަތެވެ.
ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސްކަން ކުރައްވާފައިވާ މޫސައަކީ އެމްޑީޕީ އުފެއްދެވުމުގައި ވެސް އިސް ރޯލެއް އަދާކުރެއްވި ބޭފުޅެކެވެ.
ލަނޑަޔާވާނީ ހަމަލަނޑަޔާ