ބުދަ, މާރޗް 22, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

މިފަހަރު ނިމޭނީ ލިސްޓަކަށް ނަންތައް އަރައިގެންނެއް ނޫން، ގޯތީގެ ރަޖިސްޓްރީ ކަށަވަރުވެގެން- މިކާއިލް

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 8, 2022
ޚަބަރު
0
މިފަހަރު ނިމޭނީ ލިސްޓަކަށް ނަންތައް އަރައިގެންނެއް ނޫން، ގޯތީގެ ރަޖިސްޓްރީ ކަށަވަރުވެގެން- މިކާއިލް

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ޙައްލެއް ގެނެސްދޭނެ ބަޖެޓެއްކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން، މަޖިލީހުގެ ބަހުސްގައި ވާހަކަދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މީކާއިލް އަޙްމަދު ނަސީމް ވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވާހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެއްކަން ފާހަގަކުރައްވާފައެވެ. މީކާއިލް ވިދާޅުވީ މާލެ ރައްޔިތަކަށް ވެ ހުރެ އަދި މާލޭގެ ދާއިރާއެއް ތަމްސީލްކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން މިހާރު ހުށަހަޅާފައި އޮތް ބަޖެޓުން ވަރަށް ބޮޑު އުންމީދެއް ލިބިވަޑައިގަންވާކަމަށެވެ.

މި ސަރުކާރުގެ ޕްލޭނަށް އަލިއަޅުއްވާލައްވާ މީކާއިލް ވިދާޅުވީ ގުޅީފަޅާއި، ހުޅުމާލެ އަދި ގިރާވަރު ފަޅުގައި 5،000 ގޯތި ރައްޔިތުންނަށް ދެވޭނެ ގޮތަށް ސަރުކާރުން މި ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން މި ބަޖެޓު ފާސްވުމުން، މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ޔަގީންވާނެކަން ފާހަގަކުރައްވާ މީކާއިލް ވަނީ އެކަމާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

”އިރާދަކުރެއްވިއްޔާ މިފަހަރު ނިމޭނީ ލިސްޓަކަށް ނަންތައް އަރައިގެންނެއް ނޫން. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ބަޖެޓު ފާސްވުމާއި އެކު މާލޭގެ ފަސްހާސް އާއިލާއަށް ގޯތީގެ ރަޖިސްޓްރީ ކަށަވަރުވާނެ ކަމަށް އަޅުގަނޑަށް ޔަގީންކުރެވޭ.“ މީކާއިލް ވިދާޅުވިއެވެ.

މާލޭގެ ބޯހިޔަވަހިކަމުގައި ހުރި އެހެން މައްސަލަތަކަށް އަލިއަޅުއްވާލައްވާ މީކާއިލް ވަނީ ސިނަމާލެ އަދި މާލެ ހިޔާގެ ހާލަތަށްވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެތަންތަނުގެ މަރާމާތަށް ވެސް ބަޖެޓުގައި 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚާއްސަކޮށްފައިވާކަން ފާހަގަކުރައްވާ މީކާއިލް ވިދާޅުވީ އެތަންތަން މަރާމާތު ކޮށްގެން އެކަނި ނުނިމޭނެ ކަމަށެވެ. އަދި އެކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަން ޖެހޭނެ ކަމެއްކަން މީކާއިލް ފާހަގަކުރެއްވިއެވެ.

މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށް ކުރައްވާ މަސައްކަތްޕުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައެވެ. އެގޮތުން 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި މިހާރުވެސް ފަށައިގެން ކުރިއަށްދާކަމަށް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވެއެވެ. އެ 5000 ހައުސިންގ ޔުނިޓުގެ އިތުރުން، އިތުރު 2000 ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް ފަށްޓަވާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފްލެޓްތަކުގެ އިތުރުން، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. މީގެތެރޭގައި ހުޅުމާލެއިން 1000 ގޯތި އަދި ގުޅީފަޅުގައި މީހުން އާބާދުކުރުމަށް 2000 ގޯތި ދޫކުރުމަށްވެސް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

4 ކިލޯގެ ޑްރަގާއެކު 5 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ގާނޫނުގައި ނެތުމުން ދޫކޮށްލައިފި

މާރޗް 21, 2023
ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

މާރޗް 21, 2023
ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

މާރޗް 21, 2023
ހަނދު ސާބިތުކުރުމުގެ ޖަލްސާ ހުކުރުދުވަހުގެރޭ

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

މާރޗް 21, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In