ހޮނިހިރު, އޭޕްރިލް 1, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ތުލުސްދޫގައި ޕޮލިޓެކްނިކް ތަރައްޤީކޮށް ހިންގަން ވިލާއަށް

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 8, 2022
ޚަބަރު
0
ތުލުސްދޫގައި ޕޮލިޓެކްނިކް ތަރައްޤީކޮށް ހިންގަން ވިލާއަށް

ކ.ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް އެތަން ހިންގުމަށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް، ހިންގުމަށް ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ޙިލްމީއެވެ. ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ.ޢަލީ ނަޖީބެވެ.

މި އެއްބަސްވުމުގެ ދަށުން ތުލުސްދޫގައި 27 މަސް ދުވަހުގެ ތެރޭގައި ޕޮލިޓެކްނިކް ތަރައްޤީކޮށް އެތަން ހިންގުމުގެ މަސައްކަތް ފަށަންޖެހެއެވެ. މި އެއްބެސްވުމުގެ ދަށުން ޕޮލިޓެކްނިކް ހިންގަން އެކުންފުންޏާ ހަވާލުކޮށްފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ.މި މަޝްރޫޢަކީ، މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ހިންގާ ޕްރޮޖެކްޓެކެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކ.ތުލުސްދޫގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ ޕޮލިޓެކްނިކް ޚާއްޞަ ކޮށްފައިވަނީ ވޯޓަރ ސްޕޯޓްސްއާއި، މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ފަންތީގެ ކޯސްތައް ހިންގުމަށްކަމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުންވެސް ވޮކޭޝަނަލް ކޯސްތައް މި އިންސްޓިޓިއުޓުގައި ހިންގޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ތުލުސްދޫގައި ޕޮލިޓެކްނިކް ޢިމާރާތް ކުރުމަށްޓަކައި އެރަށުން 32،581.25 އަކަފޫޓްގެ ބިމެއް ވަނީ ތުލުސްދޫ ކައުންސިލުން ހަމަޖައްސަވައިދެއްވައިފައެވެ. އަދި މި އިންސްޓިޓިއުޓުގައި ހިންގުމަށް ހަމަޖެހިފައިވާ ވޯޓަރ ސްޕޯޓްސް ދާއިރާގެ ތަމްރީނުތައް ހިންގުމަށްޓަކައި 1208.33 އަކަފޫޓުގެ ބިމެއް ބީޗް ފްރޮންޓުންވެސް ވަނީ ހަމަޖައްސަވައިދެއްވައިފައެވެ.އެއްބަސްވުމުގައ ސޮއިކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މިއީ ޕަބްލިކް-ޕްރައިވެޓް ޕާޓަނަރޝިޕް އުސޫލުން ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމަށް ހަވާލުކުރި ފުރަތަމަ ފަހަރުކަމަށެވެ. އަދި މިކަމުގައި ތުލުސްދޫ ކައުންސިލާއި، އެ ދާއިރާގެ މެމްބަރު ކޮށްދެއްވި މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

”ތުލުސްދޫގައި ޕޮލިޓެކްނިކެއް ޤާއިމްކުރެވުމާއެކު އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ. އަދި މި ދާއިރާއަށް އަލަށް ވަންނަންބޭނުންވާ ޒުވާނުންނަށްވެސް ފުރުޞަތު ލިބިގެންދާނެ. ޕޮލިޓެކްނިކްގެ ކޯސްތަކާއެކު މިހާރަށްވުރެ ބޮޑަށް ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެން ދާނެ.“ މިނިސްޓަރ ވިދާޅުވިއެވެ.ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ވިދާޅުވީ، މި ޕްރޮޖެކްޓުގައި ސޮއި ކުރެވިގެންދިޔުމަކީ ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ތަޢުލީމާއި ތަމްރީނުތައް ހޯދުމުގެ ވައްޓަފާޅި ބަދަލުވެ އެކަމަށް އިންގިލާބެއް ގެނެސްދޭނެކަމެއްކަން ފާހަގަކުރައްވާފައެވެ.

މި ޕްރޮޖެކްޓް ނިމޭއިރު ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. މި އިންސްޓިޓިއުޓްގައި ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދިނުމަށާއި، ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއްވެސް ތަރައްޤީކުރެވޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން މަދުވެގެން 6 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓްރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއްވެސް މި ޕްރޮޖެކްޓުގެ ދަށުން ޢިމާރާތްކުރުމަށް ވަނީ ނިންމާފައެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައް ވެސް ހުންނާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓާއި ފަސްޓްއެއިޑްގެ ޚިދުމަތް ފަދަ އަސާސީ ކަންކަން ވެސް ހުންނާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

Tags: ކ.ތުލުސްދޫވިލާ ކޮލެޖުވިލާ އެޑިޔުކޭޝަނަލްމިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންޕޮލިޓެކްނިކް

ގުޅުންހުރި ލިޔުންތައް

އުއްޗުގެ ތާއީދު ރައީސަށް!

އުއްޗުގެ ތާއީދު ރައީސަށް!

އޭޕްރިލް 1, 2023
ރަހީނު ކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި

ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާރޗް 31, 2023
ފޭކް ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލަ ތަހްގީގުކުރަން އިންޓަޕޮލްގެ އެހީ ހޯދަނީ

ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް

މާރޗް 31, 2023
ޤާސިމްގެ ސްޕެޝަލް އެންވޯއީއަކަށް އިލްހާމް އައްޔަންކޮށްފި

އާޒިމަކީ ޤާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫން: އިލްހާމް

މާރޗް 31, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In