އެމް.ޑަބްލިޔު.އެސް.ސީއިން ފަތުވެރިންނަށް އަމާޒުކޮށްގެން ”އާރޯ“ ޕްރިމިއަމް ބްރޭންޑްގެ ފެން ތަޢާރަފްކޮށްފި އެވެ.
ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ނެރެވޭ ”އާރޯ“ ބްރޭންޑްގެ ފެން ތަޢާރަފްކުރީ މިކަމަށްޓަކައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ހަލުވި ދުވެއްޔެއްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާއިރު، މި ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، މިފަދަ ދިވެހި އުފެއްދުންތައް ފަތުރުވެރިކަމުގެ ބާޒާރަށް ތައާރަފްކޮށް، އިޝްތިހާރުކޮށްގެން ކަމަށެވެ. އަދި ބޭރުގެ އުފެއްދުންތަކާއި އެއްހަމައެއްގައި ދިވެހި މިފަދަ އުފެއްދުންތައް ފައިތިލަ ސާބިތުކުރުމަކީ، ފަތުރުވެރިކަމާއި އިޤްތިޞާދީ ދާއިރާއިން ދިވެހިންނަށް ލިބިދޭ މަންފާ އިތުރުކުރުމަށް އެޅިގެންދާ ފިޔަވަޅެއް ކަމުގައި ވެސް ޝާހް ވިދާޅުވި އެވެ.
ރާއްޖޭގެ ގުތުރަތީ ރީތިކަން ސިފަވާގޮތައް ދިވެރި ހުނަރުވެރި ކުރެހުންތެރިން ފަރުމާކޮށްފައިވާ މިއުފެއްދުން، ބާޒާރަށް ނެރެނީ 500 އެމް.އެލް އަދި 1 ލީޓަރުގެ ފެން ބިއްލޫރި ފުޅީގައި ބަންދުކޮށްގެންނެވެ. މިއީ، އަދުގެ ސަރުކާރުން ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓްކުރުމުގެ ޕްލޭނާއި އެއްގޮތައް، އެލަނޑުދަނޑިޔަށް ވާސިލްވުމަށްޓަކައި މިކުންފުނިން ތައާރަފް ކުރި އުފެއްދުމެކެވެ.

”އާރޯ“ ފެނަކީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިއަމް ކޮލިޓީގައި އުފައްދައިގެން ނެރެވުނު ފެނެކެވެ. މީގެ އިތުރުން ކުރިމަގުގައި ”އާރޯ“ ބްރޭންޑުގެ އިތުރު އުފެއްދުންތައް ވެސް ބާޒާރައް ނެރެ ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަންތަކުގަ އާއި ޚިދުމަތްތައް ދިނުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހިޔާރުކުރުމެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި، އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑު އޮފް ޑިރެކްޓަރުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްކުރައްވާ އެކި ފަރާތްތައް ބައިވެރިވި އެވެ.
މި އުފެއްދުމުގައި ދިވެހިނަމެއް ތާނައިން
ނުލިއުނީ ކީއްވެގެންބާއޭ ސުވާލުކުރެވޭ.
ދިވެހިބަހަށް އިސްކަންދޭން އޮންނަ
ގާނޫނުގެ އެމާއްދާގެ މާނައަކީ ދިވެހިބަސް
ލިއުމުގައި ބޭރުބަހެއްގެއަކުރުތައް ބޭނުން
ކުރުން ހުއްދަކުރާއެއްޗަކީބާއޭ ހިތަށްއަރާ.
ނުވަތަ ހަމަގަސްތުގައި ބާރާއިނުފޫޒު
ހުރީތީ ދިވެހީންގެ ދިވެހިކަން ކަނޑުވާލާ
ތަރައްގީގެ ނަމުގައި ދިވެހިބަސް އުވާލައި
އިނގިވެހި ބަހަށް ބަދަލުކުރުމުގައި އެޅި
“ މޮޅު “ ފިޔަވަޅެކޭ ވިސްނެނީ.