ރާއްޖޭގައި އިންޑިއާ މީހުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ހައްދު ފަހަނައަޅާ ގޮސްފައިވާ ކަމަށް ވިދާޅުވެ ޢަލީ ރަމީޒް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޢަލީ ރަމީޒް މިހެން ވިދާޅުވެފައިވަނީ އެފަދަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އެ ގޮތުން ޢަލީ ރަމީޒް މިއަދު ވިދާޅުވީ ރާއްޖޭގައި އިންޑިއާ މީހުން ކުޑަކުދިންނާ ބެހުމާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހައްދު ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ.
މި ފަހުން ދެކުނުގެ އަތޮޅުގެ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އިންޑިއާ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އުތުރުގެ ރަށެއްގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އިންޑިއާ ޓީޗަރަކު ހައްޔަރު ކުރީ ރޭގައެވެ.
India meehunnaa gulhey kameh veema kon rasheh Jon school eh kameh ves Bataan kuran jehilun vanee kanneynge